ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭޕީގެ ބަސް: ނާޒިމް އާއި ރިޔާޒަށް މި ޕާޓީގެ ތެރެއިން ވެސް ފުރުސަތު އޮތް، ހުރިހާކަމެއް ފަހިކޮށް ދިނިން!

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާއި، ދަނގެތީ ދާއިރާގެ މެމްބަރު ނާޒިމް އަދި ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި ކާނަލް މުހައްމަދު ނާޒިމް އަދި އަބްދުﷲ ރިޔާޒް ގުޅުނީ، ސިޔާސީ މައިދާނުގައި ކުރިޔަށް ދާން ވަކި އެޖެންޑާއަކާއި އެކުކަން މިހާރު ސާފުވެފައިވާކަމަށް އެ ޕާޓީގެ ނައިބް ރައީސް އަހުމަދު ސައުދު ވިދާޅުވެއްޖެ އެވެ.

ޖޭޕީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި މިދިޔަ އަހަރުން ފެށިގެން މި ކަމުގައި އިސްކޮށް ހުންނެވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ރައްޔިތުންގެ މެދުގައި މަގުބޫލުކަމާއި ތާއީދުކަން ލިބިގެން ދިޔަ ދަނގެތީ ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އެވެ. ޕާޓީ އުފެއްދުމުގައި ނާޒިމާއި އެކު ދެން އެންމެ ގާތުން މަސައްކަތް ކުރަނީ ކޮމިޝަނާރ އޮފް ޕޮލިސްގެ މަގާމު އަދާކުރެއްވި ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ.

ކާނަލް ނާޒިމް އާއި ރިޔާޒު އިސްވެ ތިބެ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެންމެ ފުރަތަމަ މީޑިއާތަކުގައި ދެކެވުނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. ނަމަވެސް އޭރު ދެކެވުނު އެ ވާހަކަތައް ދޮގުކޮށް ދެ ބޭފުޅުން ވެސް ވިދާޅުވީ، ސިޔާސީ ޕާޓީއެއް އުފައްދާނަމަ އެކަން ކުރާނީ ސިއްރުން ނޫންކަމަށެވެ. ނަމަވެސް މި ހަފްތާގެ ތެރޭގައި އަނެއްކާވެސް އެ އަޑުތައް ގަދަވާން ފެށުމުން، އެކަން ރަސްމީކޮށް އިއުލާނުކޮށް ދެ ބޭފުޅުން ވެސް ޖޭޕީން ވަކިވީ އިއްޔެ އެވެ.

“ސަންގުޓީވީ” ގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސައުދު ސިފަ ކުރެއްވީ ނާޒިމާއި، ރިޔާޒް ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތީ އަމިއްލަ އެޖެންޑާއެއް ފުރިހަމަ ކުރުމުގެ ބޭނުމުގައި ކަމަށެވެ. ދެ ބޭފުޅުންގެ ވެސް ސިޔާސީ ހަޔާތަށް، އެހީގެ އެތެއް ދިން ބޭފުޅަކީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްކަން ފާހަގަކޮށް ސައުދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އެ ބޭފުޅުން ބޭނުންވި ދާއިރާގެ ޓިކެޓު ވެސް ދެއްވި ކަމަށެވެ. ސައުދު ވިދާޅުވީ އެއީ ސިޔާސީ ގޮތުން ކުރިޔަށް ދިއުމުގެ ފުރުސަތާއި، އެ އެއްބާރުލުން ދިނުމަށް ކަމަށެވެ.

ސައުދު ވިދާޅުވީ ކަންތައް ނިމިގެން ދިޔަ ގޮތުން، އޮތީ “ހިޑެން އެޖެންޑާއެއް” ކަން ސާފުވެއްޖެ ކަމަށެވެ. ފުރުސަތެއް ހޯދައިގެން، އެކަން ކާމިޔާބު ކުރިތަން މިއަދު މިއޮތީ ލޯމައްޗަށް ފެންނާންކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއީ ޕާޓީގެ ތެރޭގައި މާ ފަހަކުން އިވުނު އަޑުތަކެއް ނޫންކަމަށާއި، ޖޭޕީގެ ތެރޭގައި ތިއްބަވައި ނާޒިމް އާއި ރިޔާޒް އިތުރު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަމަށް މާ ކުރިން ވެސް އަޑުއިވުނު ކަމަށް ސައުދު ވިދާޅުވި އެވެ. އެ ވާހަކަތައް ގަބޫލު ނުކޮށް، ޕާޓީގެ އެހެން މެމްބަރުން ދެ ބޭފުޅުންނަށް ވެސް ކުރެއްވީ ބޮޑު އިތުބާރެއްކަން ގޮތުގައި ސައުދު ފާހަގަ ކުރި އެވެ.

“އަޅުގަނޑުމެންނަށް ތި އަޑު މިއަދަކުއެއް ނޫން އިވުނީ…. ޕާޓީއަށް އޭގެ ކުރިން ވެސް އެ އަޑުތައް އިވެމުން ދިޔަ.. އެކަމަކު ވެސް އަޅުގަނޑުމެން އެބޭފުޅުންނަށް އިތުބާރު ކުރިން.. އަޅުގަނޑުމެން ޕާޓީގެ ރީތި ސިފައެއް، އަދި އަޅުގަނޑުމެން ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމްގެ ހުންނަ ރީތި ސިފައެއް އަބަދުވެސް އެންމެ ފަހު ވަގުތާއި ޖެހެންވެސް އިތުބާރު ކުރުން… އެގޮތުން ޕާޓީގެ ތެރެއިން އެބޭފުޅުންނަށް އެހާ ފަހިކޮށް ފުރުސަތު ވެސް ދެއްވި” ސައުދު

ސައުދު ވިދާޅުވީ ޖޭޕީއަކީ އަބަދުވެސް ސިޔާސީ މައިދާނުން ކުރިޔަށް ދިއުމުގައި ހުރިހާ ބަޔަކަށް ވެސް އެހީތެރިވެދޭ ޕާޓީއެއް ކަމަށެވެ. ޖޭޕީން އެއްވެސް ބޭފުޅަކައި މެދު ގޯސް އަމަލެއް ހިންގާފައި ނުވާނެކަން ފާހަގަކޮށް ސައުދު ވިދާޅުވީ ޕާޓީގެ ކޮންގްރެސްގެ ތެރެއިން ރިޔާޒަށް ވެސް ޑެޕިއުޓީ ލީޑަރުކަން އެރުވުނު ކަމަށެވެ. އަދި ކާނަލް ނާޒިމް މިނިވަންވެ ރާއްޖެ ވަޑައިގެން، ޖޭޕީއަށް ސޮއި ކުރުމާއި އެކު ޕާޓީގެ އެޑްވައިޒަރުކަން އެރުވުނުކަމަށް ސައުދު ވިދާޅުވި އެވެ.

ސައުދު ވިދާޅުވީ މީގެ ތެރެއަށް ކޮންމެ މީހަކު އަޔަސް މަރުހަބާ ކިޔަނީ ހެޔޮ ހިތުން ކަމަށެވެ. ސިޔާސީ މައިދާނުން ކުރިޔަށްދާން ސިޔާސީ ޕާޓީއެއް އުފެއްދުމުގައި، އެއްވެސް މައްސަލައެއް ނެތްކަން ފާހަގަކޮށް ސައުދު ވިދާޅުވީ ގޯސްވާ ހިސާބަކީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުރެ އެ މަސައްކަތް ކުރުން ކަމަށެވެ. އަދި މީޑިއާތަކުން އެ ވާހަކަތައް ރިޕޯޓުކޮށް، ވާހަކަތައް ދައްކަން ފެށުމުން ދެން އެކަން ރަސްމީކޮށް އިއުލާނުކޮށް ޕާޓީން ވަކިވުން ކަމަށެވެ.

“ދެން އަޑުގަދަވީމާ އަޅުގަނޑުމެންގެ ޕާޓީއަށް ސިޓީއެއް ފޮނުވައިގެން އެއީ ދެން ތަފާތު ކަމެއް. އެއީ އަޅުގަނޑުމެންގެ ޕާޓީގެ ގްރޫޕުތަކުން ވެސް ވަކިވެގެން އެކަން ކުރިނަމަ މާ ރަނގަޅޭ… އަޅުގަނޑުމެންގެ އާއްމު މެމްބަރުންގެ ގްރޫޕުތަކާއި…. މާފަހުން އަޅުގަނޑުމެންނަށް ސިޓީ ފޮނުވީ” ސައުދު

މިއީ އެއްވެސް ހާލެއްގައި ޕްރޮފެޝަނަލް އަމަލެއް ނޫންމަށް ވެސް ސައުދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ސިއްރިއްޔާތުގައި ހިންގާ އެއްވެސް އަމަލެއް އެއީ ރަނގަޅު ސިފައެއް ނޫންކަމަށެވެ.

މީގެ އިތުރުން ސައުދު ވިދާޅުވީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް އެބޭފުޅުން ފެށީ 2023 ގެ ރިޔާސީ އިންތިހާބަށްކަމަށް މީޑިއާތަކުގައި ދެކެވޭ ކަމަށެވެ. ނަމަވެސް މިއީ ޖޭޕީގެ ތެރެއިން ވެސް ލިބެން އޮތް ފުރުސަތެއްކަމަށާއި، އެކަން ކޮންގްރެސްގެ ތެރެއިން ވެސް ކުރިޔަށް ގެންދެވުނީސް ކަމަށް އޭނާ ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ، ގާސިމަށް މިއީ އެހާ ބޮޑު މައްސަލައެއް ނޫން ކަމަށެވެ. އަދި ގާސިމްއަކީ ކިތަންމެ ބޮޑު އަނިޔާއެއް ދިން މީހަކަސް، އެ މީހަކު ވަކިން ކައިރިޔަށް އައިސް ވާހަކަ ދެއްކެވުމުން، މައާފް ކުރާނެ މީހެއް ކަމަށެވެ.

ޕާޓީގެ ތެރެއިން މަދު ބައެއް ދިއުމަކީ، އޭގެ ޑެމޭޖެއް އަންނާނެ ވަރުގެ ކަމެއްގެ ގޮތުގައި ސައުދު ގަބޫލެއް ނުކުރައްވައެވެ. އަދި ވިދާޅުވީ ޕާޓީގެ މަސައްކަތް އަބަދުވެސް ދާނީ ކުރިޔަށް ކަމަށެވެ. މެމްބަރުން އިތުރު ކުރުމާއި، އަދި އެ ނޫންވެސް މަސައްކަތް ކުރާނެކަމަށް ވިދާޅުވި އެވެ.

ރާއްޖެއަށް މަލްޓި ޕާޓީ ސިސްޓަމެއް ތައާރަފްކުރެވި، މިވީ އަހަރުތަކުގެ ތެރޭގައި ގިނަ ސިޔާސީ ޕާޓީތަކެއް އުފެއްދުމަށްފަހު އެ ޕާޓީތައް އުވިގެން ގޮސްފި އެވެ. އަދި އޭގެ ތެރެއިން މިވަގުތު ސިޔާސީ މައިދާނުގައި ހަރަކާތްތެރިވަމުން ދަނީ 10 ޕާޓީއެެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ދިމާވި، ފެނުގެ ކްރައިސިސްގެ ތެރެއިން އާއްމުންގެ ބޮޑު ތާއީދަކާއި ތަރުހީބެއް ނާޒިމަށް ލިބިގެން ދިޔަ އެވެ. އަދި އޭނާ އޭރު ޑިފެންސް މިނިސްޓަރު ކަމުން ވަކި ކުރީ، މަގުބޫލުކަން އިތުރުވަމުންދާތީ ކަމަށް ވެސް މީޑިއާތަކުގައި ވާހަކަ ދެކެވުނެވެ. ނާޒިމް މިނިސްޓަރުކަމުން ވަކިކުރީ ކޮޓަރިން ފިސްތޯލައެއް ފެނުނުކަމަށް ބުނާ މައްސަލައެއްގައެވެ. އެދައުވާތަކުން ސަލާމަތްވެ، މިނިވަންވުމަށްފަހު ދެން ޏާޒިމް ގުޅިވަޑައިގަތީ ޖުމްހޫރީ ޕާޓީއާއި އެވެ. އަދި ދަނގެތީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޖޭޕީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: