ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަށަށް ދާން ނަގާ ސާމްޕަލްތައް ވަނީ އިތުރުވެފައި، ނަތީޖާ ލިބުން ލަސްވެދާނެ: އެޗްޕީއޭ

ފްލޫ ކްލިނިކެއްގައި ކޮވިޑަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަނީ/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑު-19 ގައި އަޅާފައި ހުރި ފިޔަވަޅުތަކަށް ދިން ލުއިތަކާއި އެކު ރަށްތަކަށް ދަތުރުކުރުމަށް ގިނަ ބަޔަކު ޕީސީއާރު ޓެސްޓު ހަދަމުންދާތީ ނަތީޖާތައް ލިބުން ލަސްވުމުގެ ފުރުސަތު އެބައޮތްކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.

ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވެ، އަޅާފައި ހުރި ފިޔަވަޅުތަކަށް ލުއިތައް ދިނީ މީގެ ހަފްތާއެއް ކުރިންނެވެ. ރަށްތަކަށް ދަތުރު ކުރުމުގައި އަމަލު ކުރަމުން އައި ބައެއް އުސޫލުތަކަށް ބަދަލު ގެނެސް، ލުއިތަކުގެ ދަށުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް 14 ދުވަސް ހަމަވާ މީހުންނަށް ކަރަންޓީނުވުމެއް ނެތި ދަތުރު ކުރެވޭނެ އެވެ. ނަމަވެސް އެ މީހުންނަށް ރަށަށް ދެވޭނީ، 72 ގަޑިއިރުގެ ޕީސީއާރު ނެގެޓިވް ނަތީޖާއަކާއި އެކު އެވެ.

ރަށްތަކަށް ދަތުރު ކުރުމުގައި އެޅި ފިޔަވަޅުތަކަށް ގެނައި ބަދަލާއި، ދިމާވީ ސްކޫލުގެ ބޮޑު ޗުއްޓީއާއި ކަމުން ގިނަ އަދަދެއްގެ ބަޔަކު ދަނީ ރަށްތަކަށް ދަތުރު ކުރަމުންނެވެ. އެހެންވެ ސާމްޕަލް ސެންޓަރުތަކަށް ބާރުބޮޑުވެ، އެޗްޕީއޭއިން މިއަދު ބުނީ ޓެސްޓު ކުރަންޖެހޭ ސާމަޕްލްތައް ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ.

ގިނަ އަދަދެއްގެ ބަޔަކު ސާމަޕަލް ނަގަމުންދާތީ، އޭގެ ނަތީޖާ ލިބުމުގައި ލަސްތަކެއް ހުރެދާނެކަން ފާހަގަކޮށް އެޗްޕީއޭއިން ބުނެފައިވަނީ، ސާމްޕަލްތައް ޓެސްޓު ކުރުމުގައި ކޮވިޑުގެ އަލާމާތްތަކާއި އެކު ޓެސްޓު ކުރާމީހުންނާއި، ޕޮޒިޓިވް ކޭސްތަކުގެ ޑައިރެކްޓު ކޮންޓެކްޓުން އަދި ހައި ރިސްކު ޕޭޝަންޓުންނަށް އިސްކަން ދެވޭނެ ކަމަށެވެ.

ލުއިތަކެއް ދިން ނަމަވެސް ރާއްޖޭގެ ރަށްތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އެޗްޕީއޭއިން އެދެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: