ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކީ، އޮތް ހަމައެކަނި ހަރުދަނާ ދެ ފިކުރު ވަކިން އޮތުން: އާދަމް ޝަރީފް

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރައްޔިތުންނަށް އޮތް އެންމެ ރަނގަޅު ގޮތަކީ ރާއްޖޭގައި އޮތް ހަމައެކަނި ހަރުދަނާ ދެފިކުރު ވަކިން މަސައްކަތްކުރުން ކަމަށް ޕީއެންސީގެ ނައިބްރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

“ސަންގު ޓީވީ”ގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގައި މިވަގުތު އޮތީ ހަރުދަނާ ދެ ސިޔާސީ ފިކުރު ކަމަށެވެ. އަދި ރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް އޮތް އެންމެ ރަނގަޅު ގޮތަކީ މިދެ ސިޔާސީ ފިކުރު ވަކިން މަސައްކަތްކުރުންކަމުގައި އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގައި އޮތް ހަރުދަނާ ސިޔާސީ ފިކުރުތަކުގެ ގޮތުގައި އޮތީ ޕީޕީއެމް،ޕީއެންސީ އަދި އެމްޑީޕީގެ ފިކުރު ކަމަށެވެ. ދެން ބާކީ ތިބި ސިޔާސީ ޕާޓީތަކަކީ ވެރިކަމަށް އައުމަށް ކުރާ މަސައްކަތްތަކުގައި އެހީތެރިވެދިނުމަށާއި ވެރިކަމަށް ކޮންމެވެސް އެއް ބަޔަކު އައުމުން ސްލޮޓްތަކެއްގައި މަގާމްތަކެއް ދިނުމަށް އެކުގައި މަސައްކަތްކުރާ ބައެއްކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އެހެންނަމަވެސް އެންމެ ހަރުދަނާ ދެފިކުރު އެއްވުމުން ވާނެ ފައިދާއެއް ނެތް ކަމަށާއި އެކަމާއިމެދު ވިސްނަމުންވެސް ނުދާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

“ސަރުކާރު އެބައޮތް. އެބޭފުޅުން ސަރުކާރު ޒިންމާދާރުކުރުވާނަމަ ނުވަތަ ސަރުކާރުގެ މައްސަލަތަކަކީ އެބޭފުޅުން ކަންބޮޑުވާ މައްސަލަތަކެއް ކަމުގައިވާނަމަ އެބޭފުޅުންގެ ގައުމީ މަޖިލީހަށާއި ސަރުކާރަށް މައްސަލަތައް ހުށައަޅުއްވައިގެން، ސަރުކާރުގެ ތެރެއިން ހައްލުކުރަންވީ ނޫންތޯ. ހައްލުކޮށްފައި އެތެރޭގައި ހުރި ކުނިތައް ފިލުވާ ސާފުކޮށްފައި ދެން އަޅުގަނޑުމެންނާއި ހަމައަށް ގައުމީ ބޮޑެތި މައްސަލަތަކުގައި އާދޭ! މައްސަލައަށް ބަލާފައި އަޅުގަނޑުމެންނަށް ވަހަކަ ދެއްކިދާނެ. އެކަމަކު ރައީސް ނަޝީދާއެކު މަސައްކަތްކުރާ ގޮތަށް ނުވަތަ އެމްޑީޕީއާއެކު މަސައްކަތްކުރާ ގޮތަކަށް ނޫން އިދިކޮޅުގެ ލީޑަރޝިޕްގެ ފިކުރު އޮތީ!” އާދަމް ޝަރީފް

އާދަމް ޝަރީފް ވިދާޅުވީ ގައުމީ ބޮޑެތި މައްސަލަތަކުގައި މަޝްވަރާކުރުމަށް އަބަދުވެސް އިދިކޮޅު ތައްޔާރަށް އޮތް ކަމަށެވެ. އެހެންނަމަވެސް، ސިޔާސީ ގޮތުން ގުޅުމަށް ރައީސް ނަޝީދާއެކު މަޝްވަރާކުރުމަށް އެއްބަސްނުވެވޭނެ ކަަމަށާއި ސަބަބަކީ މިދެ ފިކުރަކީ މުޅިން ތަފާތު ދެފިކުރަކަށް ވުމުންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. ގައުމު ވަރަށް ބޮޑަށް ބައިބައިވެފައިވާކަން ފާހަގަކުރައްވާ އާދަމް ޝަރީފް ވިދާޅުވީ މިކަން އެންމެ ބޮޑަށް ހާމަވަމުން ދަނީ އެމްޑީޕީގެ ތެރޭގައި އުފެދިފައި ހުރި މައްސަލަތަކުގެ ތެރެއިން ކަމަށެވެ. މިހާރު ފެންނަމުން މިދަނީ އެމްޑީޕީ ތެރޭގައި ހުރި މައްސަލަތައް ކަމަށާއި ސަރުކާރު އެއްވެސް ވަރަކަށް ނުހިނގާކަމަށާއި ނަތީޖާއެއް ހާސިލްކުރެވުނު ކަމެއް ކުރެވިފައިނުވާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރަށް، ގައުމު މިހާރު މިއޮތް ހާލަތުން އަރައިގަތުމަށް މިހާރު އެންމެ ބޮޑަށް ބޭނުންފުޅުވާނީ ރައީސް އަބްދުﷲ ޔާމީންގެ އެހީތެރިކަންކަމަށް ވިދާޅުވިއެވެ. ސަރުކާރު ޖަވާބުދާރީކުރުވުމުގައި އެންމެ އިސް ދައުރެއް އަދާކުރެވޭނީ ވާދަވެރި އޮޕޮޒިޝަންގެ ލީޑަރަށް ކަމަށާއި އެހެންނަމަވެސް އެފަދަ މިނިވަންކަމެއް މިވަގުތު ނެތްކަމަށް ވިދާޅުވިއެވެ. އަދި މިވަގުތު ސަރުކާރު ޒިންމާދާރުކުރުވުމުގައި އިދިކޮޅުން މަސައްކަތްކުރަނީ ރައީސް ޔާމީން ކަންކަންކުރެއްވި ސިޔާސަތުތަކާއި އެއްގޮތަށްކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، ވާދަވެރި އޮޕޮޒިޝަންގެ ލީޑަރު ބަންދުގައި ހުރުމަކީ ސަރުކާރު ޒިންމާދާރުކުރުވުމުގައި އޮތް ވަރަށް ބޮޑު ގޮޮންޖެހުމެއްގެ ގޮތުގައި އާދަމް ޝަރީފް ސިފަކުރެއްވިއެވެ.

“ދިވެހިރާއްޖެއަށްވެސް އެންމެ ރަނގަޅު ގޮތަކީ ޕީޕީއެމް، ޕީޕީއެމްގެ ގޮތުގައި އަދި އެމްޑީޕީ، އެމްޑީޕީގެ ގޮތުގައި މަސައްކަތްކުރުން” އާދަމް ޝަރީފް

ޕީޕީއެމްއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ވިދާޅުވެ، ރައީސް ނަޝީދު އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖާއި ގުޅެގޮތުން ސުވާލުކުރުމުން އާދަމް ޝަރީފް ވިދާޅުވީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދީފައިދާ އުސޫލުން ޕީޕީއެމްގެ ތެރޭގައި ހުރި ކަންކަމަށް ފާޑުކިޔުމުގެ ފުރުސަތުވެސް ރައީސް ނަޝީދަށް ލިބިފައިވާކަމަށެވެ. އެހެންނަމަވެސް، މިވަގުތު އެންމެ ރަނގަޅުވާނީ އެމްޑީޕީގެ ތެރޭގައި ހުރި މައްސަލަތައް ހައްލުކުރެއްވުމަށް ރައީސް ނަޝީދު މަސައްކަތްކުރެއްވުންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ރައީސް ނަޝީދު އިއްޔެގެ ވަގުތެއްގައި އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖުގައި ވަނީ ގިނަ ބަޔަކަށް އެމަނިކުފާނު ދެއްކެވި ވާހަކަތަކުގެ މާނަ އޮޅިފައިވާކަމަށެވެ. އަދި އެމަނިކުފާނު ވަނީ ޕީޕީއެމްއަށް ބަދަލުތަކެއް ގެނައުމަކީ ކުރަންޖެހޭކަމެއް ކަމަށް ވިދާޅުވެ، އެމްޑީޕީ-ޮީޮީއެން އިއްތިހާދެއް އުފެއްދުމަކީ މިވަގުތަށް ކުރުން މުހިންމުކަމެއްކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނާއި ދެމެދު ސިޔާސީ ގޮތުން ހިޔާލު ތަފާތުވުންތަކެއް ހުރިކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޔާމީނާއި ގުޅިގެން މަސައްކަތްކުރައްވަން ބޭނުންފުޅުވާކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. މިކަމާއި ގުޅޭގޮތުން ރައީސް ސޯލިހު ސީދާ އެއްޗެއް ހާމަކުރައްވާފައިނުވާއިރު ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ރައީސް ސޯލިހުގެ ވިސްނުންފުޅު މިވަގުތުވެސް ހުންނެވީ ވެފައިވާ ވައުދުތައް ފުއްދުމަށްމަށް މަސައްކަތްކުރުމަށް ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: