ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރަށް ތާއީދު ނުކުރާކަން ބޭރު ދުނިޔެއަށް ވެސް ރައީސް ނަޝީދު އަންގަވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ތާއީދު ނުކުރާކަން ބޭރު ދުނިޔެއަށް ވެސް ރައީސް މުހައްމަދު ނަޝީދު އަންގަވައިފިއެވެ.

ރައީސް މުހައްމަދު ނަޝީދުގެ އޮފީހުން އިނގިރޭސި ބަހުން ނެރެފައިވާ ބަޔާނެއްގައި ވަނީ ނަފުރަތުގެ ބިލާއި ގުޅިގެން ސަރުކާރުން އަމަލުކުރި ގޮތާއި މެދު ނުރުހުން ފާޅުކުރައްވާ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވީ 2018 ވަނަ އަހަރު ވެރި ކަމަށް އައީ ކޯލިޝަނަކުން ކަމަށް ވިޔަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަން ކުރައްވަމުން ގެންދަވަނީ އަދާލަތު ޕާޓީގެ ވިސްނުމަށް ކަމަށެވެ.

“ރައީސް ސޯލިހުގެ ހުރިހާ ނިންމުމެއްގައި އަދާލަތު ޕާޓީ ނުފޫޒު އެންމެ ބޮޑަށް އޮތުމުން އެނގެނީ މިހާރުގެ ކޯލިޝަނުން މުޅި ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފުވެފައި ވާކަން” ރައީސް ނަޝީދު ވިދާޅުވި އެވެ.

އެހެންނަމަވެސް އެ ކޯލިޝަންގައި ހިމެނޭ “ކުޑަ ޕާޓްނަރެއް” ކަމަށްވާ އަދާލަތު ޕާޓީއަށް ރައީސް ސޯލިހްގެ ހުރިހާ ނިންމެވުންތަކަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އެމަނިކުފާނު ދެއްވާނެކަން މިހާރު ސާފުވެފައިވާކަމަށާ އަދި އެހެންކަމުން މިހާރު ކޯލިޝަންގެ މިސްރާބު ހުރީ ޑިމޮކްރަސީގެ ހަމަތަކާ ދުރައްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ގިނަ ދިވެހީންނަކީ، ކުރިއެރުމަށް ތާއީދުކުރާ ބައެއް ކަމަށާއި މިނިވަންކަމާއެކު އުޅުމާއި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، މިއުޒިކާއި ސަގާފަތާއި އިގުތިސާދީ ފުދުންތެރިކަމަށް ދިވެހީން ލޯބިކުރާ ކަމަށެވެ. ހަމައެހެންމެ ދިވެހީންނަކީ ކާބަފައިން ގެންގުޅުނު މެދުމިނުގެ ދީނީ ވިސްނުމެއް ގެންގުޅޭ ބައެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން ރިޔާސީ އިންތިހާބުގައި ދިވެހީން ވޯޓު ދިނީ ޕްރޮގުރެސިވް ކެންޑިޑޭޓުންނަށް ކަމަށާއި، ދީނީ ހަރުކަށި ވިސްނުމުގެ މީހުންނަށް ނޫން ކަމަށްވެސް އަދާލަތަށް ނިސްބަތް ކުރައްވައި އެމަނިކުފާނު ވިދާޅުވިއެވެ. ހަރުކަށި ކެންޑިޑޭޓުންނަކީ ދިވެހިން އެންމެ ލޯބިކުރާ ކަންކަން މުޖުތަމައުން ފިލުވައިލައި، ދިވެހީންގެ މިނިވަންކަން ނަގައިލާނެ ބައެއް ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ ދިވެހި ރައްޔިތުންގެ މެޖޯރިޓީއަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، މިއުޒިކާއި، ތަރިކަ، އަދި ޒަމާނީ ދީނީ ގޮތްތަކަށް ތާއީދުކުރާ ބައެއްކަމަށެވެ. އަދާލަތު ޕާޓީއަށް ނުސީދާކޮށް ނިސްބަތްކޮށް ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރައްޔިތުން ވޯޓު ދީފައިވަނީ ދީނީ ހަރުކަށި ފިކުރަށް ނޫންކަމަށެވެ.

އެމަނިކުފާނަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް އަލިއަޅުވާލާ ރައީސް ނަޝީދު ވިދާޅުވީ އެހަމަލާއަކި ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ދީފައިވާ ހަމަލާއެއްކަމަށް ސަރުކާރުން ބުނެފައިވާކަމަށެވެ. އަދި ލާދީނީ ޓެގު އަޅުވާ މީހުންގެ މެދުގައި ދީނީގޮތުން މީހަކާއި މެދު ނަފްރަތު އުފެއްދުމުގެ ނަތީޖާގެ ގޮތުން ހަރުކަށި ފިކުރުގެ މީހުން އެމީހަކު މަރާލުމާ ހަމައަށް ރާއްޖޭގައި ކަންކަން ގެންގޮސްފައިވާކަމަށާއި، އެގޮތުން ޑރ. އަފްރާޝިމާއި ޔާމީން ރަޝީދު އަދި ރިލްވާން އަބްދުﷲގެ ނަން ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
27%ވަރަށް ގަދަ 3%ވަރަށް ގަޔާވޭ 52%ބޮޑު ޖޯކެއް 12%ހައިރާންވެއްޖެ 3%ވަރަށް ދެރަ 3%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: