ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅުގަނޑު މަރާލަން ދިން ހަމަލާ ފުލުހުންގެ އަތުން ކައްސާލައިފި ކަމަށް ބެލެވޭ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު. ފޮޓޯ: އަވަސް އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

މޭ މަހު ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގު ފުލުހުންގެ އަތުން ކައްސާލައިފި ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ގެންގުޅުއްވާ ކަމަަށް ގިނަ ބަޔަކު ބުނާ ފޭކް ޓްވިޓާ އެކައުންޓް، އަލެކްސް އަހުމަދު ކުރި ޓްވީޓެއްގައި ނަޝީދު ވަނީ ހަމަލާގެ ތަހުގީގާ ގުޅޭ ހަތް ކަމެއް ފާހަގަކޮށްފައެވެ.

ފުރަތަމަ ކަމެއްގެ ގޮތުގައި ނަޝީދު ވިދާޅުވީ ހައްޔަރު ކޮށްފައިވާ މީހުންގެ ހަރަކާތްތައް ކުރިން ހުރިގޮތް ފުލުހުން ބަލާފައި ނެތް ކަމަށެވެ. ދެވަނަ ކަމެއްގެ ގޮތުގައި ވިދާޅުވީ އައިއީޑީ ތައްޔާރު ކުރަން ބޭނުންކުރި ތަކެތީގެ އަސްލު ވެސް ފުލުހުން ހޯދާފައި ނެތް ކަމަށެވެ. އަދި ތިން ވަނަ ކަމައްގެ ގޮތުގައި ނަޝީދު ފާހަގަ ކުރެއްވީ ހަމަލާއަށް ފަންޑު ކުރި މީހުން ހޯދިފައި ނެތް ކަމަށެވެ. ހަމަލާއަށް ފަންޑުކުރި މީހުން ހޯދުމުގައި ފުލުހުންނަށް އެކަށީގެންވާ ތަހުގީގެއް ކުރެވިފައިނުވާ ކަމަށް ނަޝީދު ވަނީ ރަސްމީކޮށް ވެސް ވިދާޅުވެފައެވެ.

ހައްޔަރު ކޮށްފައި ތިބި މީހުންނަށް އައިއީޑީ ހަދަން އެނގުނު ގޮތެއް ވެސް ފުލުހުން ހޯދާފައި ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ. އޭގެ އިތުރުން ނަޝީދަށް ހަމަލާދިންކަން ކުރިން އެނގުނު މީހުން ވެސް ފުލުހުންނަށް ދެނެގަނެވިފައި ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ދިރިއުޅުއްވާ ކެނެރީގެއިން ނުކުމެވަޑައިގެން ހިންގަވާފައި މަޖީދީ މަގުގައި އޮތް ކާރުކޮޅާ އަރާހަމަވިތަނާ ބޮމެއް ގޮއްވާލައި ދިން ޓެރަރިސްޓު ހަމަލާއަށް ތުހުމަތުކުރެވޭ ނުވަ މީހަކު ހައްޔަރުކުރި އެވެ. މީގެތެރޭގައި ބޮން ހަރުކުރި ސައިކަލްގެ ވެރިފަރާތާއި ނަޝީދަށް ފާރައަށް ހުރެ ރިމޯޓަށް ފިއްތާލައި ބޮން ގޮއްވި މީހާ އާއި އޭނާ ގޮސް ބައްދަލުކުރި މީހާ ވެސް ހިމެނެ އެވެ.

މި ހަމަލާއާ ގުޅިގެން ގިނަ ބަޔަކު އެންމެ ބޮޑަށް ކަންބޮޑުވަނީ ހަމަލާއަށް ފަންޑުކުރި ބައެއް ނުވަތަ މިކަމުގެ އެންމެ އަޑީގައި ހުރި ބައެއް ނޭނގޭތީއެވެ.

މި ހަމަލާއަށް ފަންޑު ކުރި މީހުން ހޯދުމަށް ގޮވާލާ ރައީސް ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުން ސޯޝަލްމީޑިއާގައި އަޑުއުފުލަމުން އަންނައިރު، ކަމާގުޅޭ އިދާރާތަކުން އަދި މިހާތަނަށް އެކަމާ ގުޅޭ މައުލޫމާތެއް ހިއްސާކޮށްފައެއްނުވެ އެވެ.

ހަމަލާއަށް މަހެއް ވެގެން ދިޔައިރު ވެސް މިހާތަނަށް މާ ބޮޑު ކުރިއެރުންތަކެއް ނުލިބޭތީ އާއްމުންގެ ޝަކުވާތައް ވަނީ އިތުރުވެފަ އެވެ. ރައީސް ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލާފައި ވަނީ ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކުކަމަށް ފުލުހުން ބުނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: