ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނިމާދޫ އަދި ނޮޅިވަރަންފަރު ހައުސިން ޔުނިޓްތަކުގެ މަސައްކަތް ނިންމަން ބަޔަކާ ހަވާލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހދ. ހަނިމާދޫ އަދި ހދ. ނޮޅިވަރަންފަރުގައި އިމާރާތްކުރަން ފަށާފައިވާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމަން ބަޔަކާ ހަވާލުކޮށްފިއެވެ.

އެ މަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިން ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު އަހުމަދު ވިޝާން ނަސީމް އެވެ. އަދި ދޮންބެޒް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ހެޑް އޮފް އޮޕަރޭޝަން އަލީ ހަމްދޫން އެވެ.

ހަނިމާދޫ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ހަވާލުކުުރީ 330 ދުވަހުން ނިންމާގޮތަށް 79 މިލިއަން ރުފިޔާ އަށެވެ.

ނޮޅިވަރަމްފަރުގައި އިމާރާތް ކުރަން ފަށާފައިވާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމަން ހަވާލުކުރީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑާ އެވެ.

ނޮޅިވަރަންފަރުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 240 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ ގޮތަށް 53.5 މިލިއަން ރުފިޔާ އަށެވެ.

މި ދެރަށުގައިވެސް ނުނިމި ހުރި މަސައްކަތްތަކަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފަށާ އަދި 2014 ވަނަ އަހަރު ހުއްޓިފަިއ ހުރި މަސައްކަތްތަކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: