ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެރަރިޒަމް އާއި ހަރުކަށި ފިކުރު ފަތުރާ މީހުން ތިބީ ސަރުކާރުގައި: އާދަމް ޝަރީފް

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެރަރިޒަމް އާއި ހަރުކަށި ފިކުރު ފަތުރާ މީހުން ތިބީ ސަރުކާރުގައި ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވަނީ ގައުމުގައި މިއަދު ކަންކަންވަމުންދާ ގޮތް ގާތުން ބެއްލެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިދިކޮޅު ޕީޕީއެމް، ޕީއެންސީއަށް ގޮވާލުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ ޓެރަރިޒަމާއި ހައްދުފަހަނައެޅުމުގެ ނުރައްކާ ރާއްޖެ އަށް ބޮޑުވަމުންދަނީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ކަމަށާއި އެކަމުގެ ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީ އިސްވެ އޮތް ސަރުކާރުން ކަމަށެވެ.

“ޓެރަރިޒް އާއި ހަރުކަށި ފިކުތު ފަތުރާ މީހުން ތިބީ ސަރުކާރުގައި. ފުރަތަމަ ސަރުކާރުގެ އެތެރެ ސާފުކުރައްވާ” އާދަމް ޝަރީފް ވިދާޅުވިއެވެ.

އިންޑިއާގެ ޑީއެންއޭ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ މިހާރު ރާއްޖޭގައި ބޮޑެތި ހަމަނުޖެހުންތައް އުފެދިފައިވާކަމަށެވެ. އަދި ޕީޕީއެމާއެކު މަސައްކަތްކުރުމަށް ނިންމެވި ނިންމެވުމަކީ އެމަނިކުފާނު ހަމަ ހަގީގަތުގައިވެސް އެކަމަށް ބޭނުންވެގެން ނިންމެވި ނިންމެވުމެއްކަމަށްވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: