ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނދިރި ދައުލަތް ރުއްސައިގެން ނޫނީ އަދާލަތަށް މެމްބަރުން ހަމައެއް ނުވާނެ: ބޮންޑޭ

މާފަންނު މެދު ދާއިރާގެ މެންބަރު އިބޮރާހިމް ރަޝީދު ( ބޮންޑާ) - (ފޮޓޯ - މަޖިލިސް)
ޝެއާރކޮށްލާ ކަހަލަދޯ؟

އަނދިރި ދައުލަތެއް އޮތްކަން ޤަބޫލުކުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެކޮޅު ހަދަނީ އަނދިރި ދައުލަތް ރުއްސައިގެން ނޫނީ އަދާލަތު ޕާޓީއަށް މެމްބަރުން ހަމަނުވާތީ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ބޮންޑެ މިހެން ވިދާޅުވީ ސަރުކާރުގެ ތެރޭގައި ‘އަޑީ ދައުލަތެއް’ އޮތް ކަމަށް ރަސްމީ އިދާރާތައް ހިމެނޭ ގޮތުން ކޮށްފައިވާ ތުހުމަތުތައް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދޮގު ކުރެއްވުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ބޮންޑޭ ވިދާޅުވީ “އަނދިރި” ދައުލަތެއް ހިނގަމުންދާ ކަމަށް ކައުންޓަ ޓެރަރިޒަމްގެ އެންމެ އިސްވެރިޔާ ބުނަމުންދާއިރު ސަރުކާރުގެ ވަޒީރު އެކަމަށް އިންކާރު ކުރަމުންދަނީ އަދިރި ދައުލަތް ރުއްސައިގެން ނޫނީ އަދާލަތު ޕާޓީއަށް ދިހަހާސް މެމްބަރުން ހަމަކުރެވެންނެތުން ޕާޓީއަށް މެމްބަރުން ހަމަކުރަން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމެއް ގޮއްވާލައި ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ހިންގި އިންކުއަރީއަށް މައުލޫމާތު ދެއްވަމުން ސަލާމަތީ ހިދުމަތްތަކުގެ ބައެއް އިސްވެރިން ވަނީ ރާއްޖޭގައި ހައްދުފަހަނާއަޅައި ދިއުމުގެ ފިކުރު އޮތް މިންވަރުގެ މައްޗަށް ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: