ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދުވެސް މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ގްރޭޓަރ މާލެ ބަސް ޓަރމިނަލް -- ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގްރޭޓާމާލެ ގްރިޑްގެ ދެެވަނަ ސާކިޓް އެނަޖައިޒް ކުރުމުގެ މަސައްކަތް މިއަދުވެސް ކުރާނެ ކަމަށާއި އެހެންކަމުން މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން ބުނީ އިންޓަކަނެކްޝަން މެދުވެރިކޮށް މާލެ، ހުޅުމާލެ އަދި ހުޅުލެ، އެއް ވިއުގައަކުން ގުޅާލުމުގެ ގޮތުން، ކުރިއަށްގެންދާ މިމަސައްކަތަކީ މިހާތަނަށް ރާއްޖޭގެ ހަކަތައިގެ ސިނާއަތުގައި ހިންގޭ މިފަދަ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށެވެ.

ސްޓެލްކޯއިން ބުނީ މި މަސައްކަތުގެ ޓެސްޓިން މަރުހަލާތައް ކުރިޔަށްދާއިރު މަސައްކަތުގައި ޓެކްނިކަލް މައްސަލަތައް ދިމާވެ، ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މިގޮތުން މިމަސައްކަތުގެ ދެވަނަ ސާކިޓްގެ މަސައްކަތް މިއަދުވެސް ހަވީރު 5 އާއި ހަމައަށް ކުރިއަށްދާނެކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި މިގަޑިތަކުގައި ކަރަންޓު ދިއުމަކީ އެކަށީގެންވާކަމަށް އެކުންފުނިން ބުނެއެވެ.

އަދި މިގަޑިތަކުގައި އެސަރަހައްދުތަކުން ކަރަންޓުދިޔަނަމަވެސް، އެމަސައްކަތް ނިމުނުހާ އަވަހަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑޭ ހިސާބުތަކަށް އަލުން ހިދުމަތް ގުޅައިދޭނެ ކަމަށްވެސް ސްޓެލްކޯއިން މައުލޫމާތުދީފައިވެއެވެ.

މީގެއިތުރުން މިމަސައްކަތް ކުރުމަށް މީގެ ކުރިން ރޭވިފައިއޮތް ދުވަސްތަކުގެ އިތުރުން މިމަހުގެ 23 އާއި 24 ވަނަ ދުވަސްތަކުގައި މިމަސައްކަތް ކުރާގޮތަށް ހަމަޖެހިފައިވާކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި އިތުރު ޓެކްނިކަލް މައްސަލައެއް ދިމާނުވާނަމަ 24 ވަނަ ދުވަހު އެމަސައްކަތް ނިންމާލެވޭނެކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: