ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރަކަށް ނުވި، ހައްލަކީ ޕީޕީއެމްގެ ވެރިކަމެއް: މަލީހު

ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލް. ފޮޓޯ: އާކައިވްއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރެވޭނީ ޕީޕީއެމް ވެރިކަމަށް ގެނެސްގެން ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަގާމުން ދުރުކުރިފަހުން މަލީހް، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އަންނައިރު، އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރެކޭ ޖަވާބުނުދޭ ފޯން ނަންބަރެކޭ ތަފާތެއް ނެތް ކަމަށެވެ.

”މިސަރުކާރު ނުހިނގާ. އޮތީ ހުއްޓިފަ. އިންވެސްޓްމަންޓެއް ނުގެނެވުނު. އިންސާފުގެ ދަތުރުގެ އޮޑި ކަނޑުފެތި އޮޑީގެ ބައިތައް ރަށްރަށް އެބަލައްގާ. ހައްލަކީ ޕީޕީއެމްގެ ވެރިކަމެއް.” މަލީހް ވިދާޅުވިއެވެ.

މަލީހް ޖަމާލާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ދެ މެމްބަރަކު ޕީޕީއެމްއާ ގުޅުނީ މިދިޔަ ހޯމަ ދުވަހުގެ ރެއެވެ.

މަލީހު އަކީ ކުރިން ވެސް ޕީޕީއެމްގައި މަސައްކަތް ކުރެއްވި ފަރާތެއް ކަމަށްވާއިރު، އޭނާ އެ ޕާޓީން ވަކިވީ މިނިސްޓަރު ކަމުން ވަކިކުރެއްވި ހިސާބުންނެވެ. އޭގެފަހުން މަލީހު ދެން ގުޅިވަޑައިގެންނެވީ ޖުމްހޫރީ ޕާޓީއާއެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި ކޮމިއުނިކޭޝަން މިނިސްޓަރުގެ މަގާމުން ބޭރުކޮށްލުމުން މަލީހު ވަނީ ޖޭޕީން ވެސް ވަކިވެވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: