ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުވައްމުލަކު ގެއެއްގެ ބަދިގޭގައި ރޯވެ އަނދައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފުވައްމުލަކު ސިޓީގެ ގެއެއްގެ ބަދިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ ފުވައްމުލަކު މިސްކިތް މަގު އަވަށުގެ ލަކީ ސްޓާ ގޭގެ ބަދިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑިއެފްގެ ރެސްކިއު ޓީމުން ހަރަކާތްތެރިވެ، ރޯވި އަލިފާންގަނޑު ނިއްވާލާފައިވާ ކަަމަށެވެ.

އެ ގޭގެ ބަދިގޭގައި ރޯވެގެން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު 14:32 ހާއިރުއެވެ.

މި ހާދިސާ ހިނގާފައިވަނީ ތެޔޮ ތާހެއް ތެލުލައި ނިންމާފައި ސުތުލި ގޯންޏެއްގެ މަތީގައި ބެހެއްޓުމުން ގޯނީގައި އަލިފާން ރޯވެ ކައިރީގައި ހުރި ހަނޑޫ ބާލިދީއެއްގައި އަލިފާން ހިފައިގެން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގައި މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: