ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގައި އެއްޗެއް ގޮވީ ވެލްޑިން ކުރަން އުޅުމުގެ ތެރޭގައި!

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ރޭ ދަންވަރު ބާރުގަދަ ގޮވުމެއްގެ އަޑު އިވުނީ، އިމާރާތެއްގެ ޓެރަސް މަތީ ވެލްޑިން ކުރުމުގެ މަސައްކަތެއްގެ ތެެރެއިންކަަމަށް ފުލުހުން ބުނެފިއެވެ.

ރޭ 12:30 ހާއިރު ބާރުގަދަ ގޮވުމެއްގެ އަޑު އިވިފައިވަނީ  ބޯގަންވިލާމަގު ސަރަހައްދުންނެވެ. ކުޅިވަރު ކުޅުމަށް ހާއްސަކޮށްފައި އޮންނަ ހުސް ބިން ސަރަހައްދުގައި ހިނގައިދިޔަ އެ ހާދިސާއާއި ގުޅިގެން ފުލުހުންނާއި ސިފައިން ވަނީ ހަރަކާތްތެރިވެފަ އެވެ.

މުޅި ސަރަހައްދު ބަންދުކޮށް ރޭ ހާއްސަ އޮޕަރޭޝަނެއް ކުރިޔަށް ގެންދިޔައިރު، އެ އިމާރާތް ކައިރީ އުޅޭ ބައެއް މީހުން ”ސަންގު“ އާއި ވާހަކަ ދައްކަމުން ބުނީ ބަަރު ގަދަ ގޮވުމެއްގެ އަޑާއި އެކު މުޅި ސަރަހައްދުގައި ބަޑި ބޭހުގެ ވަސް ހުރި ކަމަށެވެ. އަދި ގޮވުމުގެ އަޑު ކައިރި ކައިރީ ހަވާ އަރުވާހެން އިވެމުން ދިޔަ ކަމަށެވެ.

މި ހާދިސާ އާއި ގުޅޭ މައުލޫމާތު މިއަދު މީޑިއާތަކާއި ހިއްސާކޮށް ފުލުހުން ބުނީ ސިފައިންނާ ގުޅިގެން މަސައްކަތްކޮށް އެ ސަރަހައްދުގައި ތިބި އާއްމުންނާއި ސުވާލުކޮށް ބަލަންޖެހޭ ކަންކަން ބަލާފައިވާ ކަމަށެވެ.

މިހާތަނަށް ބެލި ބެލުމުން، ބާރުގަދަ އަޑެއް ގޮވާފައިވަނީ ހުޅުމާލެ ލޮޓް ނަންބަރު 1138 ގެ ޓެރެސް މަތީ ވެލްޑިން ކުރުމުގައި ހަރަކާތްތެރިވުމުގެ ތެރޭގައި ހިނގި އެކްސިޑެންޓެއްގެ ތެރެއިންކަން އެނގިފައިވާ ކަމަށް ފުލުހުން ބުނެޏެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާ އެއް ލިބިފައި ނުވާކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

މިދިޔަ މޭއި 06 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް އައިއީޑީއެއް ގޮއްވާލައި ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން ފުލުހުންނާއި ސިފައިންގެ އެލާޓް ލެވެލް ވަނީ މަތިކޮށްފަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: