ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަސްލަމް ރައީސްގެ ދިފާއުގައި، އެމްޑީޕީ އަނެއްކާ ވެސް ކޯޅުމަކަށް!

އެމްޑީޕީ ޕްރައިމެރީއަށް ފަހު އެ ޕާޓީގެ ހަރުގޭގައި ބޭއްވި ހަރަކާތުގައި ރައީސް ސޯލިހު އަދި ރައީށް ނަޝީދު/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ މަައި ޕާޓީ އެމްޑީޕީގެ ތެރެއިން، ސަރުކާރައި ދެކޮޅަަށް މަސައްކަތްކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލިކަށިކޮލުމަށް ކުރާ މަސައްކަތް ގަބޫލެއް ނުކުރެވޭނެކަމަށް ބުނެ ރައްޔިތުން މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ދެއްކެވި ވާހަކައާއި މެދު އެ ޕާޓީގެ ބައެެއް މެމްބަރުން ހިތްހަމަ ނުޖެހިއްްޖެ އެވެ.

ރައީސް ސޯލިހާއި ދެކޮޅުވެ، އެމަނިކުފާނާއި އެކު ސިޔާސީ ގޮތުން ދެން ކުރެވޭނެ މަސައްކަތެއް ނެތްކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ޕާޓީގެ އެކި ގޮފިތަކުންނާއި މެމްބަރުން ވަނީ އެކަމަށް ތާއީދުކޮށް ބަޔާން ނެރެފަ އެވެ.

މި ސަރުކާރުގެ ތެރޭގައި ގޯސް ކަންތަކެއް ހިނގަމުން ދާކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ އެމްޑީޕީގެ މެމްބަރުން ޕާޓީގެ ފޫހިވާން ފަށާފައިވާކަމަށް ބޭރު ދުނިޔޭގެ މީޑިއާތަކަށް އިންޓަވިއު ދެއްވާފަ އެވެ. އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތުން އެމްޑީޕީގެ އަސްލު އުސޫލުތަކާއި، ޕާޓީގެ ހަމަތަކާއި ހިލާފުވެ ރައީސް ސޯލިހު މަސައްކަތް ކުރައްވަނީ ކޯލިޝަން ޕާޓީތަކުގެ ނުފޫޒުގައި ޖެހިގެންނެވެ. އަދި ރިޔާސީ އިންތިހާބާއި، މަޖިލިސް އިންތިހާބަށް ފަހު އެމްޑީޕީން ކުރިމަތިލާން ޖެހުނު ލޯކަލް ކައުންސިލް އިންތިހާބުގެ ދަށް ނަތީޖާގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނީ ސަރުކާރުންކަމަށް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ދިފާއަށް ޕާޓީގެ ގޮފިތަކުން އާއްމު ކުރި ބަޔާނުގައި ގޮވާލީ ރައްޔިތުންގެ އުންމީދު ނަގާ ނުލައި، ވެރިކަމަށް އައުމަށް އެމްޑީޕީން ވީ ވައުދުތައް ފުއްދުމަށެވެ.

މި ރާއްޖޭގެ ޒުވާނުންގެ މުސްތަގުބަލު ސަލާމަތް ކުރެވެން އޮތީ ވަގުތީ ސިޔާސީ މަންފާއަށްވުރެން ރައްޔިތުންގެ އަސަސީ ހައްގުތައް ހިމާޔަތް ކުރުން އިސްކޮށް އެމްޑީޕީން ރައްޔިތުންނަށް ވިއްކި ވައުދުތައް ފުއްދުން އަވަސްކޮށްގެން ކަމުން ސަރުކާރުން އެމްޑީޕީގެ އަސާސްތަކަށް އިހްތިރާމް ކުރުމަށްވެސް އެ ބަޔާންތަކުގައި ވަނީ ގޮވާލާފައެވެ.

އެމްޑީޕީގެ މެމްބަރުންތައް، ސަރުކާރާއި ދެކޮޅަށް ބަސް ބުނާތީ އަސްލަމް ވިދާޅުވީ އެމްޑީޕީގެ މެމްބަރުން މަސައްކަތް ކުރަންޖެހޭނީ ސަރުކާރު ދިފާއު ކުރުމަށް ކަމަށެވެ. އަދި ސަރުކާއި ދެކޮޅަށް އެމްޑީޕީގެ ތެރޭގައި އަޑުއުފުލުން ބަލައި ނުގަނެވޭކަމަށް ވިދާޅުވި އެވެ.

ރައީސްގެ ދިފާއުގައި އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވީ ގާނުނު ވާންޖެހޭނީ އެންމެންގެ މަސްލަހަތު ހިމާޔަތް ކުރާ އެއްޗަކަށް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އެ ހަމަތައް ހިފަހެއްޓުމަށް މަސައްކަތް ކުރުމުން އެއީ ކޯލިޝަން ރުއްސުންކަމަށް ބުނެވޭނެ ޖާގައެއް ނެތް ކަމަށެވެ.

ޝަރީފް ވިދާޅުވީ ކޯލިޝަން ރުއްސަން ރައީސް ސޯލިހު ކުރެއްވިކަމެއް “ބޮޑުކުރާ ބިއްލޫރިން” ވެސް ނުފެނުނު ކަމަށެވެ. ރައްޔިތުންނަށް ވީ ވައުދު ފުއްދުން އެއީ އެ ރައްޔިތުންގެ ހައްގެއްކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

އަސްލަމް ދެއްކެވި ވާހަކައާއި މެދު ހިތްހަމަނުޖެހި ރައީސް ނަޝީދާއި ގާތް އަރިސް މެމްބަރުން ދަނީ އޭނާއަށް ފާޑުކިޔަމުންނެވެ. އެގޮތުން އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މުހައްމަދު ވަހީދު (ވައްޑެ) ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް 30 އަހަރު ވަންދެން ކުރެއްވީ ވެރިކަން ދެމެހެއްޓުމުގެ ކަންކަން ނޫންތޯ ވިދާޅުވެފަ އެވެ. ވައްޑެ ވިދާޅުވީ އެމްޑީޕީން ވެރިކަމަށް އައީ ވަކި ސިޔާސަތުތަކެއް މައްޗަށް އެކުލެވޭ، ރައްޔިތުން އެދޭ ވަކި ކަންތައްތަކެއް ކޮށްދޭނެ ކަމުގެ ވައުދާއި އެކު ކަމަށެވެ. އެހެން ކަމުން “ކޯލިޝަން ރުއްސަން އެމްޑީޕީ ބަލިކަށިކޮށްލުން ބަލައިގަނެވޭ ތޯ” ވައްޑެ ސުވާލު ކުރެއްވި އެވެ.

މީގެ އިތުރުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ޓްވީޓެއް ކުރައްވައި ވިދާޅުވީ ހަރުކަށި ފިކުރުގެ ވާހަކަ ދައްކަވާ ހަމައެކަނި ލީޑަރަށް އަމާޒުކޮށް، ބޮން ގޮއްވާ ޒަަހަމްކޮށްލުމުން، އެހާލުގައި އޮންނަވައި، އެ ދަރަޖައަށް ގައުމުދިޔަ ސަބަބާއި ހައްލު ކުރަން ފަސްޖެހެމުން ދާ ގޮތުގެ ވާހަކަ ދެއްކެވުމުން، އެކަމުގައި އެމްޑީޕީގެ ވަކި އެހެން މީހަކަށް ދެއްކެން އޮންނާނީ ކޮން ވާހަކައެއްތޯ ވިދާޅުވެފަ އެވެ.

ވައްޑެ އާއި އިންތިގެ ޓްވީޓު ރައީސް ނަޝީދު ވަނީ ރިޓްވީޓް ކުރައްވާފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފިކުރީ ގޮތުން ހިޔާލުތަފާތު ވެފައިވާކަމަށް ބުނެ، ރައީސް ނަޝީދު ވަނީ އެމަނިކުފާނާއި އެކު ސިޔާސީ ގޮތުން ކުރެވޭނެ އިތުރު މަސައްކަތެއް ނެތްކަމަށް ވިދާޅުވެފަ އެވެ. އަދި ސަރުކާރާއި ދެކޮޅުވީކަން ބޭރު ދުނިޔޭގެ މީޑިއާތަކަށް ވެސް ހާމަކޮށް، އިދިކޮޅު ޕީޕީއެމް، ޕީއެންސީގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެކު މަސައްކަތް ކުރުމަށް ބޭނުންވާކަމަށް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ސޯލިހާއި ދެކޮޅުވެ ނަޝީދު ވިދާޅުވީ ޕީޕީއެމާއި، އެމްޑީޕީއަށް އެކުގައި މަސައްކަތް ކުރެވޭނެކަމަށް ގަބޫލު ކުރާ ކަމަށެވެ. އިދިކޮޅަށް ރައީސް ނަޝީދު އެންމެ ފުރަތަމަ ހުށަހެޅުމެއް، ހުށަހެޅީ 2023 ގެ ކުރިން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން އެކުގައި މަސައްކަތް ކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: