ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ޗައިނާ އައުޓް” ގެ ނަމުގައި މުޒާހަރާ ކުރަން ފުލުހުން ފުރުސަތެއް ނުދިން!

ބަޔަކު އެއްވެ ޗައިނާގެ އެމްބަސީ ކުރިމަތީ މުޒާހަރާ ކުރަން މަސައްކަތް ކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

“ޗައިނާ އައުޓް” ޖެހި ބޯޑުތަކެއް ހިފައިގެން ޒުވާން އުމުރުގެ ބަޔަކު ނިކުމެ މުޒާހަރާކޮށްފި އެވެ.

ހެންވޭރު ބީޗު ސަރަހައްދުގައި ހުންނަ ޗައިނާ އެމްބަސީ ކައިިރިއަށް ޒުވާނުންތަކެއް އެއްވާން މަސައްކަތް ކުރީ މިއަދުގެ ހުކުރު ނަމާދަށް ފަހު އެވެ. ޗައިނާއާއި ދެކޮޅަށް އެއްވުމެއް ބޭއްވުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބުމުން ފުލުން ވަނީ، އެމްބަސީ ހިމެނޭ ސަރަހައްދު ބެރިކޭޑު ޖަހައި ބަންދުކޮށްފަ އެވެ.

އާޓިފިޝަލް ބީޗު ސަރަހައްދުން ފެށިގެން ރާޅުގަނޑު ސަރަހައްދާއި ހަމައަށް މަގު އޮތީ އެކީ ބަންދުކޮށްފަ އެވެ. އަދި ޕީޕީއެމް އޮފީސް ހިމެނޭ ސަރަހައްދު ވެސް އޮތީ ބަންދުކޮށްފަ އެވެ. އެކަމާއި ގުޅިގެން ޕާޓީގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ، ޕާޓީ އޮފީސް ހިމެނޭ ސަރަހައްދު ބަންދު ކުރީ ކޮން ސަބަބާއި ހުރެކަން ނޭނގޭ ކަމަށެވެ. އަދި އިދިކޮޅު ކޮންގްރެސް ކޯލިޝަނުން އިންތިޒާމުކޮށްގެން އެއްވެސް ހަރަކާތެއް މިއަދު ކުރިޔަށް ނުގެންދާ ކަމަށް ވެސް ވިދާޅުވި އެވެ.

އެއްވި މީހުން ހުއްޓުމަށް ފުލުހުން މަސައްކަތް ކުރިއިރު، އެ މީހުން ހިފައިގެންތިބި ބޯޑުތަކުގައި ޗައިނާއާއި ދެކޮޅު ޝުއޫރުތައް ލިޔެފައި ވެއެވެ. މި އެއްވުމުގައި ބައިވެރިވެފައި ވަނީ ގާތްގަނޑަކަށް 25 މީހުންނެވެ. އެ މީހުން އަޑުއުފުލަމުން ދިޔައީ ޗައިނާއިން ރާއްޖެ ދަރަނީގެ ދަންތުރައިގައި ޖައްސަމުންދާކަމަށް ބުނެ އެވެ. އަދި ޗައިނާއިން ރާއްޖޭގެ އިގްތިސޯދުގެ މައްޗަށް ބާރު ފޯރުވައި، އެތެރޭގެ ކަންކަމަށް ބަސް ބުނުން ހުއްޓުވަން ޖެހޭކަމަށް ދިޔައީ ގޮވަމުންނެވެ.

މި އެއްވުން އިންތިޒާމު ކުރި ބައެއް ސާފެއް ނޫނެވެ. އަދި “އިންޑިއާ އައުޓް” ގެ ނަމުގައި ބޮޑު ކެމްޕެއިންއެއް ކުރިޔަށް ގެންދިޔަ ނަމަވެސް، މީގެ ކުރިން ޗައިނާއާއި ދެކޮޅަށް މިހެން އަޑު އުފުލާފައި ނެތެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރާއްޖެއާއި އެންމެ ގާތް ގައުމަކީ ޗައިނާ އެވެ. އަދި ޗައިނާގެ ހިލޭ އެހީ އާއި ލޯނު އެހީގެ ދަށުން ރާއްޖޭގައި ބޮޑެތި މަޝްރޫއުތައް ހިންގާފައި ވެއެވެ.

ފުލުހުން ދަނީ އެމްބަސީ ކައިރީ ސެކިއުރިޓީ ވަރުގަދަކޮށް، އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

އެނގިފައިވާ ގޮތުން ޖުލައި 26 ގައި “އިންޑިއާ އައުޓް” ގެ ނަމުގައި ވެސް އެއްވުމެއް ބޭއްވުމަށް ދަނީ ރާވަމުންނެވެ. ބައެއް މީހުން ވަނީ ޗައިނާއާއި ދެކޮޅަށް އެއްވުން ބާއްވާފައިވަނީ، އެ އެއްވުމަށް ހުރަސް އެޅުމުގެ ގޮތުން ކަމަށެވެ.

ވަރަށް ގަދަ
13%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 88%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: