ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ އިއްޒަތްތެރިިން އައްޑޫ މީހުންނަށް ބުލީކުރުން އާއްމުކަމަކަށް ވެއްޖެ: ޝަރީފް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީއަށް ނިސްބަތްވާ މީހުން ސިޔާސީ ގޮތުން ބަސް ބުނުމުން “މާލޭގެ އިއްޒަތްތެރިން” އައްޑޫ މީހުންނަށް ބުލީ ކުރުން އާންމު ކަމަކަށްވެއްޖެ ކަމަށް އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވެފައިމިވަނީ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުންގެ ފާޑުކިޔުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަށް އަމާޒުވުމާ ގުޅިގެންނެވެ.

އެގޮތުން ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫ މީހުން ސިޔާސީ ގޮތުން ބަސް ބުނުމުން މާލޭގެ އިއްޒަތްތެރިން އައްޑޫ މީހުންނަށް ބުލީ ކުރުމަކީ ރޭވިގެން ހިންގާ އާންމު ކަމަކަށް ވެފައިވާ ކަމަށެވެ. އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ސަރުކާރުގެ ދިފާއުގައި ވާހަކަ ދެއްކެވުމުން އަސްލަމަށް ފާޑު ވިދާޅުވީ މާފަންނު އުުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އާއި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އާއި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާންއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: