ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީން ހޯދަން ނިކުތް އެތި އެމްޑީޕީއަށް ވެސް އޮޅިއްޖެ: ޝިޔާމް

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ކުރިޔަށް ގެންދިޔަ އެއްވުމެއްގެ ތެރެއިން ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް/ ފޮޓޯ: ދެން
ޝެއާރކޮށްލާ ކަހަލަދޯ؟

މީގެ ސޯޅަ އަހަރުކުރިން ފެށިގެން އެމްޑީޕީން ހޯދަން ނިކުތް އެތި އެޕާޓީއަށް އޮޅިއްޖެ ކަމަަށް އެތެރޭގައި އޮތް ނައިފަރު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީގެ 16 އަހަރު ކުރިން އެމްޑީޕީން ހޯދަން ނިކުތް އެތި މިއަދު އެމްޑީޕީއަށް ވެސް އޮޅިފައިވާ ކަމަށާއި ޔަގީނުން ވެސް 16 އަހަރު ފަހުން އެމްޑީޕީ އަށް ލިބިފައިމިވަނީ ހޯދަން މަސައްކަތް ފެށި އެތި ނޫންކަން އެމްޑީޕީގެ އެންމެ އިސްވެރިން އިން ފަށައިގެން އާންމު މެމްބަރުންނަށް ވެސް އިނގޭނެ ކަމަށެވެ.

ޝިޔާމް މިހެން ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ބަލިކަށިވާ ގޮތަށް އެމްޑީޕީގެ އެއްވެސް މެމްބަރަކު އަމަލު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަަދު އަސްލަމް ވިދާޅުވުމުން އެމްޑީޕީ މެމްބަރުން އޭނާއަށް ފާޑުވިދާޅުވުމާ ގުޅިގެންނެވެ.

ރައީސް ސޯލިހުގެ ސަރުކާރުގެ ދިފާއުގައި ވާހަކަ ދެއްކެވުމުން އަސްލަމަށް ފާޑު ވިދާޅުވީ ރައީސް ނަޝީދަށް ވަފާތެރި މަޖިލީސް މެމްބަރުންނެވެ. އޭގެ ތެރޭގައި މާފަންނު އުުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އާއި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އާއި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ހިމެނިވަޑައިގަންނަވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: