ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

07 ފެބްރުއަރީއަށް ނާޒިމް: “އެ ދުވަހު އަޅުގަނޑާއި ރައީސް ނަޝީދާއި ދިމާއެއް ވެސް ނުވޭ”!

7 ފެބްރުއަރީ 2012 ގައި ރައީސް މުޙައްމަދު ނަޝީދު މަގާމުން އިސްތިއުފާ ދޭން ގޮވާލައި ކުރި މުޒާހަރާގައި ރިޔާޒް އާއި ނާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

2012 ވަނަ އަހަރުގެ ފެބްރުއަރީ 07 ގައި އޭރުގެ ރައީސް މުހައްމަދު ނަޝީދާއި ދެކޮޅަށް ޖުމްހޫރީ މައިދާނުގައި ކުރިޔަށް ގެންދިޔަ މުޒާހަރާ ސަރަހައްދަށް ދިޔައީ އެއްވެސް ހާލެއްގައި ސަރުކާރާއި ވައްޓާލާކަށް ވެސް ނޫންކަމަށާއި އެ ދުވަހު އެމަނިކުފާނާއި ބައްދަލުވެފައި ވެސް ނުވާކަމަށް ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމް އެވެ.

ނާޒިމް ވިދާޅުވީ ކޮމިޝަން އޮފް ނެޝަނަލް އިންކްއަރީ (ކޯނީ) ރިޕޯޓު އާއްމުކުރީ އޭރު ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މަސައްކަތް ކުރަމުން އައި ސިޔާސީ ޕާޓީތަކުގެ އެއްބަސްވުމެއްގެ ތެރެއިން ކަމަށެވެ.

07 ފެބްރުއަރީ 2012 ގައި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވީ ބަޣާވާތަކުންކަމަށް ބުނެ އެމްޑީޕީން މިއަދާއި ހަމައަށް ވެސް ނުރުހުން ފާޅު ކުރެ އެވެ. އަދި ވެރިކަން ބަދަލުވެގެން ދިޔައީ ޤާނޫނާ ޚިލާފު މަޖުބޫރުކަމެއްގެ ސަބަބުންތޯ ބެލުމަށް ކުރިޔަށް ގެންދިޔަ އިންކުއަރީ ރިޕޯޓުގައި އެ ދުވަހު ކަންތައް ހިނގައިދިޔަ ގޮތް ތަފްސީލުކޮށް ހިމަނާފައި ވެއެވެ.

ކޯނީގެ ރިޕޯޓާއި މެދު ސުވާލު އުފައްދާ، އެ އިންކުއަރީ އަކީ ބަޣާވާތަށް ދިން ހިއްވަރެއްގެ ގޮތުގައި އެމްޑީޕީން ދެކެ އެވެ. 7 ފެބްރުއަރީ ތަހުގީގު ކުރުމަށް އުފެއްދި ކޮމެޓީން 6 މަސް ދުވަހު ކުރި މަސައްކަތަށް ފަހު ނެރުނު ރިޕޯޓުގައި ވަނީ ނަޝީދު އިސްތިއުފާ ދެއްވުމުގައި ގާނޫނާ ހިލާފު މަޖުބޫރު ކުރުމެއް ނުވަތަ ބިރުދެއްކުމެއް އޮތްކަން އެނގޭކަށް ނެތް ކަމަށެވެ.

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނަމުގައި އަމިއްލަ ސިޔާސީ ޕާޓީއެއް އުފައްދައި ރިޔާސީ އިންތިހާބަށް މިސްރާބު ޖަހާފައިވާ ކާނަލް ނާޒިމްއަށް އެ ދުވަހުގެ ހާދިސާއަށް ފަހު ރައްޔިތުން ކުރާނެ އިތުބާރެއް އޮންނާނެތޯ ސުވާލު ކުރުމުން ވިދާޅުވީ ކޯނީގެ ރިޕޯޓަކީ ފުރިހަމަ ތަހުގީގެއް ކަމަށެވެ. އަދި ސިޔާސީ ހުރިހާ ޕާޓީއަކުން ވެސް، އެ ރިޕޯޓަށް އެއްބަސްވާކަމަށް ނާޒިމް ވިދާޅުވި އެވެ.

“އެ ރިޕޯޓު ނެރުނުއިރު އަޅުގަނޑުމެންގެ ވާހަކައެއް ނެތް ދެއްތޯ… އޮނަރަބަލް ރިޔާޒް އާއި ބެހޭ ގޮތުން ނެތް ދެއްތޯ ވާހަކަތަކެއް. ދެން މީގެ ހަގީގަތް ރައްޔިތުންނަށް މިހާރު ވަނީ ވަރަށް ބޮޑަށް ސާފުވެފައި. އެކި ފޯރަމްތަކުގައި އަޅުގަނޑުމެން އެ ވާހަކަ ދައްކައިފިން.” ނާޒިމް

ނާޒިމް ވިދާޅުވީ އެ ދުވަހުގެ އެ ހާލަތަކީ އެއީ ވަރަށް އުނދަގޫ ވަގުތެއް ކަމަށެވެ. އެގޮތުން ސިފައިންނާއި ފުލުހުންނާއި ދެމެދު ހިނގައިދިޔަ ހަމަނުޖެހުން ފެނުނު މީހަކަށް ނޫނީ އެ ހާލަތު އިހުސާސެއް ނުކުރެވޭނެކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގައުމެއްގެ ހާލަތު ވެއްޓޭނެ އެންމެ ނުރައްކާތެރި ދަރަޖައަކީ އެއީކަމަށް ވާއިރު އޭނާއާއި ރިޔާޒް އެ ދުވަހު އެތަނަށް ދިޔައީ އެކަން ހަމައަކަށް އެޅުވުމަށްޓަކާ ކަމަށެވެ.

“އަޅުގަނޑުމެން ދިޔައީ އިސްނަގައިގެން އެކަން ހަމަޔަކަށް އެޅުވުމަށް. އެއީ އެއްވެސް ހާކަތެއްގައި ސަރުކާރެއް ބަދަލު ކުރަން ދިޔަ ދިއުމެއް ނޫން” ނާޒިމް

އެ ދުވަހު ޖުމްހޫރީ މައިދާނަށް އެއްވީ އެއްގޮތަކަށް ވެސް ވެރިކަން ބަދަލު ކުރުމުގެ ނިޔަތުގައެއް ނޫންކަމަށް ނާޒިމް ވިދާޅުވި އެވެ.

“އަޅުގަނޑު އެއްވެސް އިރެއްގައި ރައީސް ނަޝީދާއި އެކީ، ރައީސް ނަޝީދަކަށް….. މި ދެންނެވީ އެ ދުވަހުގެ ސިފައިންގެ ހާލަތުގެ ތެރެއިން ވެސް އަޅުގަނޑާއި ދިމާވެފައި ނެތް…. މިއީ އަޅުގަނޑު ނުބުނާ އިތުރު ވާހަކައެއް ކަންނޭގެ މި ބުނެވެނީ. ތިބޭފުޅުން ސުވާލު ކުރައްވަން ވީ ރައީސް ނަޝީދާއި އަޅުގަނޑާއި އެއްވެސް ގޮތަކަށް ދިމާވެފައި ވޭތޯ.” ނާޒިމް

ނާޒިމް ވިދާޅުވީ އެ މީހުންނަށް އަމާޒުކޮށް ނަފްރަތުގެ ބަސްތައް އަންނަން ފެށީ ބަޔަކު ގަސްތުގައި ހިނގި އަމަލުތަކެއްގެ ސަބަބުން ކަމަށެވެ. އަދި އެ މީހުންގެ ބޭނުމަކަށްވީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުންކަމަށް ވިދާޅުވި އެވެ.

07 ފެބްރުއަރީ އާއި ގުޅޭގޮތުން އެމްޑީޕީން ނާޒިމާއި ރިޔާޒަށް ބޮޑެތި ތުހުމަތުތަކެއް ކުރި އެވެ. އޭގެ ތެރޭގައި ރައީސް ނަޝީދު އިސްތިއުފާ ދެއްވަން ވަކި ވަގުތެއް ނާޒިމް ދެއްވިކަމަށް ބުނެ ވެސް ވާހަކަތައް ދެކެވެ އެވެ. އޭގެ ތެރޭގައި އަބްދުﷲ ރިޔާޒާ، ކާނަލް ރިޓަޔަޑް ނާޒިމް ބަނޑޭރިކޮށިން ނިކުންނަވާ ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށް އެންގެވިކަމުގެ ތުހުމަތުތައް ކުރެވެ އެވެ. އަދި އިސްއުފާ ދެއްވުމަށް އެންގެވީ އެއްވެސް ޝަރުތަކާއި ނުލާކަމަށް ބުނެފައި ވެއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: