ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނާސްތާ ޕްރޮގްރާމަކީ ހިންގި ބޮޑު އިސްރާފެއް: ޝުޖާ

ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު
ޝެއާރކޮށްލާ ކަހަލަދޯ؟

ސްކޫލް ކުދިންނަށް ހިލޭ ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމަކީ ހިންގި ބޮޑު އިސްރާފެއް ކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާ މިހެން ވިދާޅުވީ ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި، ނާސްތާ ޕްރޮގްރާމް މިއަހަރު އިތުރަށް ކުރިއަށް ނުގެންދަން އެޑިއުކޭޝަން މިނިސްޓްރީ ނިންމުމާ ގުޅިގެންނެވެ.

ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނާސްތާ ޕްރޮގްރާމަކީ ހިންގި ބޮޑު އިސްރާފެއް ކަމަށާއި އެސް.ޓީ.އޯ އިން ގެނައި ޕެކެޓުތައްވެސް ގޮނޑަށް އުކާލީ ކަމަށެވެ.

”ޕާޓީ މީހުންނަށް ފައިދާވާގޮތައް ތިކަން ކޮށްފައިވަނީ. ދަރިވަރުންގެ ދުޅަހެޔޮކަމަށް އެދޭނަމަ، ތި ޕްރޮގްރާމް ތިއަށްވުރެ ފުރިހަމަކޮށް ގެންދެވުނީސް!ކަންކުރަން ނޭގެނީ.”ޝުޖާ ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެއްގެ ގޮތުގައި ސްކޫލްތަކުގަިއ ނާސްތާ ޕްރޮގްރާމް ފެށީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

ނަމަވެސް ރާއްޖޭގައި ކޮވިޑް 19 ފެތުރެންފަށައި ނުރައްކާ ވުމުން، މިދިޔަ 2020 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި، އެޑިއުކޭޝަން މިނިސްޓްރީން އަންގައިގެން ނާސްތާ ޕްރޮގްރާމް މެދުކަޑައިލިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: