ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީނަށް އޮތް ތާއީދު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުން: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އޮތް ތާއީދު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުން ކަމަށް އިދިކޮޅު ޕީޕީއެމްގެ ނާއިބް ރައީސް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމް، ޕީއެންސީ އަދި ރައީސް ޔާމީން އަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އޮތް ތާއީދު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުން ކަމަށާއި މަވެސް ޕީޕީއެމްގެ ހަރަކާތާއިއެކު ކޮންމެ ދުވަހަކު އެތައް ބަޔަކު އަންނަނީ ޕީޕީއެމްއާއި ގުޅެމުން ކަމަަށެވެ.

”ރައީސް ޞާލިހު އާއި ދޭތެރޭ ރައްޔިތުން އިތުރަށް ކުރާނެ އުންމީދެއްނެތް.” ޝިޔާމް ވިދާޅުވިއެވެ.

“މަވެސް ޕީޕީއެމް”ގެ ނަމުގައި ޕީޕީއެމްއަށް މެމްބަރުން ހޯދުމަށް މުޅި ރާއްޖޭގައި ގެންދާ ހަރަކާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ދަނީ އިދިކޮޅާ ގުޅެމުންނެވެ. ޕީޕީއެމްއިން ބުނެފައިވަނީ މި ކެމްޕޭނުގެ ތެރެއިން އަންނަ އޮގަސްޓް މަހުގެ ނިޔަލަށް ޕާޓީއަށް އިތުރު 10،000 މެމްބަރުން ހަމަކުރުމަކީ އަމާޒެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: