ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާގެ އިސްތިގުލާލަށް ބުރޫއަރާ ގޮތަށް ވާހަކަ ނުދެއްކެވުމަށް ނަޝީދަށް ދަންނަވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޗައިނާއާ ގުޅޭގޮތުން ކުރެއްވި ޓްވީޓަކަށް ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ރައްދު ދީފިއެވެ.

ރައީސް ނަޝީދު އިއްޔަ ކުރެއްވި ޓްވީޓެއްގައި ވަނީ ދެކުނު ޗައިނާ ކަނޑު ހިމެނޭ ސަރަހައްދުގައި އޮންނަ ސްޕާޓްލީ އައިލެންޑް ހިސާބަށް އިނގިރޭސި ހަނގުރާމަ މަތީ މަނަވަރުތައް ވަދެ އެ ސަރަހައްދުގެ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެެރިވާތީ އެކަމާ އުފާކުރައްވާކަމަށް ވިދާޅުވެފައެވެ.

މިވާހަކަތާ ގުޅިގެން ނަޝީދަށް ރައްދު ދެއްވައި ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން ބުނީ ބައިނަލްއަގުވާމީ ގަވައިދުތަކާ އެއްގޮތަށް ޗައިނާގެ ކަނޑުގެ ސަރަހައްދުގައި ދަތުރު ކުރުމާ މެދު މައްސަލައެއް ނެތް ކަމަށާއި ނަމަވެސް އެ ގައުމުގެ އިސްތިގުލާލަށް ގޮންޖަހައި އެ ސަރަހައްދު ނުރައްކަލަށް ވައްޓާލުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ޗައިނާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންމެ ގާތް ގުޅުމެއް ބޭއްވި ގައުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: