ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަތޮޅުތެރޭގައި އެސްޓްރާ ޒެނިކާ ވެކްސިން ދޭން ފަށައިފި

ކުޅުދުއްފުށީގައި އެސްޓްރާ ޒެނަކާ ވެކްސިން ޖެހުމުގެ ތެރެއިން— ފޮޓޯ: ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
ޝެއާރކޮށްލާ ކަހަލަދޯ؟

އަތޮޅުތެރޭގެ ރަށްތަކުގައި އެސްޓްރާ ޒެނިކާ ވެކްސިން ދޭން ފަށައިފި އެވެ

މިއަދު ބޭއްވި ޕްރެސް ކޮންފަރެންސް ގައި އިމުނައިޒޭޝަން ޕްރޮގްރާމްގެ ފަރާތުން ނާޝިޔާ އަބްދުލްޣަފޫރު ވިދާޅުވީ އަތޮޅުތެރޭގައި ވެކްސިން ޖެހުމުގެ އިންތިޒާމުތަކާއި ގަޑިތައް، އެ ރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތު ސެންޓަރުން ޢާންމުކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ކުރިއެކޭވެސް އެއްގޮތަށް މާލޭގައި ވެކްސިން ޖަހަމުން ދާނީ އެޕޮއިންޓްމެންޓް ދޫކޮށްގެން ކަމަށެވެ. އަދި މާލޭގައި އެސްޓްރާޒެނިކާ ވެކްސިން ޖަހަން ފަށާނީ މިމަހުގެ 31 ވާ ހޮނިހިރު ދުވަހު ކަމަށެވެ.

މާލޭގައި ވެކްސިން ޖަހާނީ ސޯޝަލް ސެންޓަރާއި، އިސްލާމިކް ސެންޓަރާއި، އާޓް ގެލަރީއާއި ވިލިމާލޭ ޔޫތް ސެންޓަރާއި ހުޅުމާލޭ ހޮސްޕިޓަލްގައި ކަމަށް ވެސް ނާޝިޔާ ވިދާޅުވި އެވެ.

އެސްޓްރާޒެނިކާ ވެކްސިން ދެމުން ދަނީ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒުގެ ގޮތުގައި އެވެ. ދެވަނަ ޑޯޒުގެ ގޮތުގައި އެސްޓްރާޒެނިކާ ވެކްސިން ދެނީ ކޮވިޝީލްގެ ފުރަތަމަ ޑޯޒު ޖަހާފައިވާ މީހުންނަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: