ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރަންޓު ސަބްސިޑީ ކަނޑާލި ނިންމުން މުރާޖާ ކުރުމަށް ގޮވާލައިފި

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކަރަންޓު ސަބްސިޑީ ކަނޑާލި ނިންމުން މުރާޖަޢާ ކުރެއްވުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ގޮވާލައްވައިފިއެވެ.

މިދިޔަ މަހުގެ ބިލުތައް ބޮޑު ކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރަމުންދާއިރު، ބިލު ބޮޑުވީ އެ ބިލުން ސަބްސިޑީ ނުކަނޑާތީ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމާއި ތަދުމަޑުކަމުގައި ރައްޔިތުން ހަނާވަމުން ދަނިކޮށް، އަދި އާމްދަނީއެއް ލިބޭނެ އެއްވެސް ގޮތެއް ނުރޭވެނީސް، ސަބްސިޑީ ކަނޑާލުމުން ދޭހަވަނީ ރައްޔިތުންނާއިމެދު އެއްވެސް ރަހުމެއް، ހަމްދަރުދީއެއް ސަރުކާރުން ނެތްކަން ކަމަށެވެ.

ކަރަންޓު ސަބްސިޑީ ކަނޑާލި ނިންމުން މުރާޖަޢާ ކުރައްވާ!” އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް މިކަމަށް ގޮވާލައްވާފައި ވަނިކޮށް ސަރުކާރުން ވަނީ މިދިޔަ މަހު ފެނާއި ކަރަންޓުން ޑިސްކައުންޓު ދީފަ އެވެ. އެގޮތުން ގޭގެއަށް ދޫކުރާ ކަރަންޓު ބިލްތަކުން 40 ޕަސެންޓުގެ ޑިސްކައުންޓެއް، އަދި ވިޔަފާރިތަކުގެ ބިލްތަކަށް 20 ޕަސެންޓުގެ ޑިސްކައުންޓެއް ދިނެވެ. އަދި ފެނުން 30 ޕަސެންޓުގެ ޑިސްކައުންޓެއް ވެސް ވަނީ ދީފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: