ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދުރޭ ހެދީ ދޮގު، ފޭސް 2 އާއި ބްރިޖަކީ ވެސް ރައީސް މައުމޫންގެ ޚިޔާލެއް: ޔުމްނާ

ޔުމްނާއާއި ބައްޕާފުު ރައީސް މައުމޫން އަބްދުލްގައްޔޫމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމްއިން ރޭ ބޭއްވި ޖަލްސާގައި އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ދެއްކެވި ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއްކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.

ޕާޓީ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން އަބްދުއްރަޙީމް ދެއްކެވި ވާހަކަތަކުގެ ޚަބަރެއް ޓްވީޓުކުރައްވައި ޔުމްނާ ވިދާޅުވީ ރައީސް މައުމޫނާއި ރައީސް ޔާމީނާއި ދެމެދު ޖެހުނު މައްސަލަތައްކަމަށް ބުނެ ވާހަކަ ދެއްކެވީ އިތުރުފުޅު ހައްދަވައިގެން ކަމަށެވެ. އެގޮތުން ހުޅުމާލޭގެ ފޭސް ދޭއް އަދި އަދި ސިނަމާލެ ބްރިޖަކީ ވެސް ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވިސްނުމެއްކަމަށް ޔުމްނާ ވިދާޅުވިއެވެ.

ޔުމްނާ ވިދާޅުވީ ރައީސް ޔާމީނަށް ކުރަމުންދިޔަ ތާއީދު އަނބުރާ ގެންދެވީ ޕީޕީއެމްގެ ސަރުކާރަކުން ޕާޓީޣޭ އުސޫލުތަކާއި ދުރަށް ގޮސް ކޮރަޕްޝަނާއި އަނިޔާވެރިކަމުގެ ތެރެއަށް ދިޔުމުން ކަމަށެވެ. އަދި އޭރު ކަން ހިނގާދިޔަ ގޮތް ހަނދާން ނެތޭހާ ދުވަސް ނުވާ ކަމަށްވެސް ޔުމްނާ ވިދާޅުވި އެވެ. 

ރޭ ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވަނީ ރައީސް ޔާމީނާއި ރައީސް މައުމޫން ވަކިވާން ޖެހުނު ސަބަބުކަމަށް ބުނެ ބައެއް ވާހަކަތައް ހިއްސާކުރައްވާފައެވެ. އެގޮތުން، ރައީސް ޔާމީނާއި ދެކޮޅުވެ، ސަރުކާރުގެ ތެރެއިން ރައީސް މައުމޫން ނުކުންނެވީ ކޮއްކޯފުޅު ރާއްޖޭގެ ތަރައްގީއަށް ކުރައްވަމުން ގެންދެވި މަސައްކަތްތައް ފެނި އެއީ އެމަނިކުފާނުގެ “ލެގަސީ” ދުއްވާލުންގެ ގޮތުގައި ސިފަކުރެވިގެންކަމަށް އަދުރޭ ވިދާޅުވިއެވެ.

އިތުރު ތަފްސީލް ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ މާލެ އާއި ހުޅުމާލެއާ ދެމެދު އަޅާ ބްރިޖާއި ގުޅޭގޮތުން ރައީސް މައުމޫން ސުވާލު އުފެއްދެވި ކަމަށެވެ. އަދި އެއަށް ވުރެ މުހިންމުކަންކަން ސަރުކާރުގެ ތެރޭގައި އެބަހުރި ނޫންތޯ ބުނެ ރައީސް މައުމޫން ނުރުހުން ފާޅުކުރައްވާފައިވާކަމަށް އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މަައުމޫން އެމަނިކުފާނުގެ ވެރިކަމުގައި މާލޭގައި އިސްލާމީ މަރުކަޒެއް ބިނާކޮށްފައިވަނިކޮށް، ކިންގް ސަލްމާން މިސްކިތް ހެދުމުގެ ބޭނުމަކީ ކޮބައިތޯ ވެސް ސުވާލު ކުރިކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ހުޅުމާލެ ހިއްކާފައިވަނިކޮށް، ޒުވާނުންގެ ސިޓީގެ ނަމުގައި ތަނެއް ހިއްކުމުގެ ބޭނުމެއް ނެތްކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި ކަމަށް އަދުރޭ ވިދާޅުވިއެވެ.

2013 ގައި ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީ، ޕާޓީގެ ރައީސަކަށް ހުންނެވި ރައީސް މައުމޫންގެ ތާއީދާއި އެކު އެވެ. ސަރުކާރުގެ ވަކި ހިސާބަކުން ދެ ބޭފުޅުންގެ މެދުގައި މައްސަަލައްޖެހި، ރައީސް މައުމޫން ވަނީ ސަރުކާރު ހިންގަނީ އެމަނިކުފާނާއި އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތިކަމަށް ވިދާޅުވެފަ އެވެ. އެ ކޯޅުންގެ ތެރެއިން ޕާޓީ ދެބައިވެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގެ ތެރެއިން ރައީސް މައުމޫން ޕާޓީން ވަކި ކުރީ އެވެ.

ރައީސް ޔާމީނަށް ކުރި ތާއީދު އަނބުރާ ގެންދިޔައީކަން ރައީސް މައުމޫން ހާމަކުރެއްވީ 2016 ވަނަ އަހަރު އެމަނިކުފާނުގެ ފެކްޝަނާއި އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: