ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީރަކަށް ހުރެ، އދ ގެ އާއްމު މަޖިލީހުގެ ރައީސްކަން ޝާހިދަށް ނުކުރެވޭނެ: ޑރ. ޖަމީލް

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމަށް ދާދިފަހުން އިންތިހާބުވި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ދެ މަގާމެއްގައި ހުރުމަށް ގާނޫނު އަސާސީން ތަން ނުދޭކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ހަރަކާތްތައް ވަރުގަދަކޮށް، ގައުމުގެ މިނިވަންކަން ދަމަހައްޓަން ހާއްސަ ކެމްޕެއިނެއް ވަނީ ފަށާފަ އެވެ. އެކަމަށް ހާއްސަކޮށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ ދައުލަތުގެ ވަޒީރެއްގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް، އިތުރު އެއްވެސް މަސައްކަތެއް ނުވަތަ ވަޒީފާއެއް އަދާކުރުން ގާނޫނު އަސާސީން މަނާ ކުރާ ކަމަށެވެ. އެހެން ކަމުން ޝާހިދު މިވަގުތު އެ ހުންނެވީ ގާނޫނު އަސާސީ އާއި ހިލާފުވެވަޑައިގެންކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.

ގާނޫނު އަަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމަކާއި އިދިކޮޅަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަސައްކަތް ކުރުމުން، މި ސަރުކާރަކީ ވެސް ޣައިރު ގާނޫނީ ސަރުކާރެއްކަން ދޭހަވާކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ. ޝާހިދަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުކޮށް ޑރ. ޖަމީލް ވިދާޅުވީ ގައުމުގެ މިނިވަންކަން ނިގުޅައިގަނެ، އޭގެ އެންމެ ކުރީގައި ތަޅުދަނޑި ހިފައިގެން ހުންނެވީ ޝާހިދު ކަމަށެވެ.

“ގާނޫނު އަސާސީގެ 136 ވަނަ މާއްދާ ބައްލަވާ، ވަޒީރަކު އިތުރު އެއްވެސް ވަޒީފާއެއް އަދާކޮށްގެން ނުވާނެ، ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީ އެނގެން ވާނެ، ގާނޫނު އަސާސީއާ ހިލާފަށް ވެރިކަން ހިނގާނަމަ އެއީ ޣައިރު ގާނޫނީ ވެރިކަމެއް…” ޖަމީލް

ޑރ. ޖަމީލް ވިދާޅުވީ ރައްޔިތުން އެމްޑީޕީ ނޫން ގޮތެއް ހޯދަންޖެހޭ ކަމަށެވެ. އަދި ދިވެހި މި ގައުމަކީ އަމިއްލަ މިނިވަންކަމެއް އޮތް ގައުމެއްގެ ގޮތުގައި އުޅެން ބޭނުންވާނަަމަ، މި ވެރިކަން ބަދަލުކޮށް ސަރުކާރުން ހިންގާ ބިޔަ ދެ މަޝްރޫއުއެއް ހުއްޓުވަން ޖެހޭ ކަމަށެވެ.

އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ވާދަކޮށް، ކާމިޔާބު ކުރެއްވުމުން ޝާހިދަށް ދެ މަގާމު އަދާކުރެވޭނެތޯ ގާނޫނީ ބަހުސްތަކެއް އުފެދުނެވެ. އދ. ގެ އާއްމު މަޖިލީހުގެ އާ ދައުރު ފެށޭނީ އަންނަ ސެޕްޓެމްބަރު މަހު 15 ގަ އެވެ.

ގާނޫނު އަސާސީގެ 136 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ވަޒީރުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު ސަރުކާރުގެ އެހެން މަގާމެއް އަދި ފައިދާއެއް ލިބޭ އެ ނޫންވެސް މަގާމެއް ފުރައިގެން ނުވާނެ ކަމަށެވެ. އަދި ވިޔަފާރިއެއް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެ، އާމްދަނީއެއް ހޯދުމަށް ފަންނީ މަސައްކަތެއްގައި ޝާމިލުވެ، އާމްދަނީއެއް ލިބޭފަދަ އެހެން އެއްވެސް މަސައްކަތެއްކޮށްގެން އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާކޮގެން ނުވާނެ ކަމަށެވެ.

އެ ބަހުސްތައް އުފެދުމުން އޭރު ފޮރިން މިނިސްޓްރީން ބުނީ، ޝާހިދު އިންތިހާބުވީ މަގާމަކަށް ނޫންކަމަށާއި އެއީ އުޖޫރައެއް ނުލިބޭ މަސްއޫލިއްޔަތެއް ކަމަށެވެ.

މިއީ ގާނޫނީ ފުށު އެރުމެއްގެ ގޮތުގައި ގަބޫލު ކުރާ ގިނަ ބޭފުޅުން ފާހަގަކުރަނީ، ވަޒީރުގެ މަސްއޫލިއްޔަތުގެ އިތުރަށް އެހެން މަސައްކަތަކަށް ވަގުތު ހޭދަވުމެވެ. އަދި އެހެން މަސްއޫލިއްޔަތެއް އަދާކުރުމަށް ވަޒީރަކު ގިނަ ދުވަހު ރާއްޖެއިން ބޭރުގައި ހުންނެވުމަކީ ބޭއިންސާފެއްގެ ގޮތުގައި ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: