ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ މަހުން ފެށިގެން، ވެކްސިން ފުރިހަމަނުކޮށް ސްކޫލުތަކަށް ނުވަދެވޭނެ!

ސްކޫލުތަކުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ވަކި ގައިޑްލައިންތަކެއްގެ ދަށުން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން ސްކޫލްތަކަށް ވަދެ ނުކުމެވޭނީ ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިން ޑޯޒް ފުރިހަމަކޮށްގެންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އޮގަސްޓު މަހުގެ 10 އެއްގައި ދިރާސީ އާ އަހަރު ފެށުމަށް ހަމަޖެހިފައިވާއިރު، މިއަދު އެޑިއުކޭޝަނުން އާއްމު ކުރި ބަޔާނެއްގައި ބުނީ މި ފިޔަވަޅު އަޅާފައިވަނީ ދަރިވަރުންނާއި، ޓީޗަރުންގެ ރައްކާތެރިކަމަށްޓަކައި ކަމަށެވެ. މިނިސްޓްރީން ބޭނުންވަނީ ދަރިވަރުންގެ ކިޔެވުމަށް އެއްވެސް ބުރުލެއް ނައިސް ކުރިޔަށް ދިއުންކަން ފާހަގަކޮށް އެ ބަޔާނުގައި ބުނެފައިވަނީ، ސްކޫލުތަކުގައި އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާ ކުރުން މުހިންމު ކަމަށެވެ.

މިނިސްޓްރީގެ މި ނިންމުމާއި އެކު، ވެކްސިންގެ ދެވަނަ ޑޯޒް ނުޖަހާ ޓީޗަރުންނާއި، ސްކޫލުތަކުގެ މުވައްޒަފުންނާއި ދަރިވަރުން، އަދި ބެލެނިވެރިންނަށް ސްކޫލުތަކަށް ވަނުން މަނާ ވާނެ އެވެ.

ދިވެހި ސަރުކާރުން ވަނީ ރާއްޖޭގައި ވެކްސިން ޖެހޭ އުމުރުފުރައެއްގެ މީހުންނަށް ހާއްސަކޮށް ކެމްޕެއިނެއް ފަށާފަ އެވެ. މި ކެމްޕެއިނުގެ ދަށުން ސަރުކާރުގެ އަމާޒަކީ އޮގަސްޓު މަހުގެ ނިޔަލަށް އާބާދީގެ 90 އިންސައްތައަށް ވެކްސިން ޖަހައި ނިންމާލުމެވެ.

ވެކްސިން ފުރިހަމަ ކުރިކަމަށް ބަލަނީ، ވެކްސިންގެ ދެ ޑޯޒް ހަމަކޮށް 14 ދުވަސް ވުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: