ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނާގާބީލްކަމުގެ ރަންވަނަ ރައީސް ސޯލިހު އަށް ލިބިއްޖެ: ޖަމީލް

ރައީސް ސާލިހު އަދި އަރިހުގައި ކުރީގެ ނައިބް ރައީސް ޑރ ޖަމީލް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ނާގާބީލްކަމުގެ ރަންވަނަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ލިބިއްޖެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވީ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ވީނުވީއެއް ނޭނގި ގެއްލިފައިވާ މައްސަލާގައި ރިޔާސީ ކޮމިޝަނުން ކުރިއަށް ގެންދާ ތަހުގީގަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހާޒިރުކުރުމަށް ނިންމި ނިންމުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ޑރ. ޖަމީލް ވަނީ ރައީސް ސޯލިހުގެ ރިޔާސީ ކެންޕެއިންގައި ވައުދުވެވަޑައިގެންނެވި ގޮތަށް ރިލްވާން އަބްދުﷲ އަށް އިންސާފު ހޯދައިދެވުނީތޯ ސުވާލު އުފައްދަވާފައެވެ. އަދި ސިޔާސީ ތަހުގީގު ހިންގުމާއި ޕްރޮޮޕެގެންޑާ ލިޔުންތަކުން ރިލްވާން އާއިލާއަށް ތަސައްލީ އެއް ލިބެނީތޯވެސް ސުވާލު ކުރެއްވިއެވެ.

“ރިލްވާން މައްސަލާގައި ރައީސް ޔާމީންގެ ވެރިކަމުގައި ދައުވާ އުފުލުނު މީހުން ރައީސް ސޯލިހުގެ ކައިރީގައި ނެތްތޯ، އަދި 24 ގަޑިއިރު ކުރަން ވައުދުވި ކަންތަކަށް ތިން އަހަރާއި ކައިރިނުވޭތޯ، ނާގާބިލުކަމުގެ ރަންވަނަ ރައީސް ސޯލިހަށް ލިބިއްޖެ،” ޖަމީލްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީން މަރު ކޮމިޝަނަށް ހާޒިރުކުރުމަށް ނިންމާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: