ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަކީލަކު އައްޔަނު ކުރަން މުއިއްޒުއަށް 10 ދުވަހުގެ މުއްދަތެއް

މުއިއްޒު ކްރިމިނަލް ކޯޓަށް ހާޒިރުވަނީ— ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) މައްސަލައިގައި ދޮގު ބަޔާން ދިންކަމަށް ބުނެ ކުރީގެ ހައުސިންގ މިނިސްޓަރ އަދި ވެރިރަށް މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ވަކީލަކު އައްޔަނު ކުރުމުގެ ފުރުސަތު މުއިއްޒުއަށް ދީފިއެވެ.

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މުއިއްޒު ވަނީ ވަކީލެއްގެ ހާޒިރުގައި ނޫންގޮތަކަށް އެއްވެސް ކަމަކާ ގުޅޭގޮތުން ޖަވާބު ދިނުމަށް ދަތިކަމަށް ވިދާޅުވެފައެވެ.

އެގޮތުން މައްސަލައާ ގުޅޭ ލިޔެކިޔުންތައް ލިބިފައިވާތޯ ސުވާލުކުރުމުން މުއިއްޒު ވަނީ ލިޔެކިޔުންތަކެއް ލިބިފައިވާކަމަށާއި، އަދި އެއީ ހުރިހާ ލިޔެކިޔުމެއްތޯ އެނގޭނީ ވަކީލަކު ލިބިގެން އެކަމަށް ބެލުމުން ކަމަށެވެ.

އެހެންކަމުން ގާޒީ ސޮފްވަތު ހަބީބް ވަނީ ވަކީލަކު އައްޔަނު ކުރުމަށް މުއިއްޒު އަށް 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

ލިޔެކިޔުންތަކާ ގުޅިގެން ވާހަކަ ދައްކަވަންވެސް ބޭނުންފުޅު ވަނީ ވަކީލަކާ އެކު ކަމަށް މުއިއްޒުގެ ފަރާތުން ވިދާޅުވުމުން ގާޒީ ވަނީ އެފުރުސަތު ވެސް ދެއްވާފަ އެވެ.

ނޫމަޑި މައްސަލައިގައި ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ، 2019 ޖޫން 25 ގައި ނޫމަޑި ކުންފުނިން ދިވެހި ސަރުކާރާއި ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގެ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި ހެކިވެރިއަކަށްވެ، ޑރ. މުއިއްޒު ދޮގު ހެކިބަސް ދެއްވާފައިވާ ކަމަށެވެ. އަދި ހައުސިން ޔުނިޓް މަޝްރޫއުއާއި ގުޅިގެން ނޫމަޑިއާއި އެކު ދިވެހި ސަރުކާރުން 2011 ގައި ވެފައިވާ ފޭސް 1 ގެ އެއްބަސްވުމާއި، 2013 ގައި ވެފައިވާ ފޭސް 2 ގެ އެއްބަސްވުމުގެ މަސައްކަތް އެ ކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއް ނުވެ ކުރަމުން ގެންދިޔަކަމަށް ވިދާޅުވި ކަމަށެވެ.

މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާގައި ވަނީ ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާކަމަށް ބުނެ، ދޮގު ބާޔަނެއް ދީފައިވާކަމަށެވެ. އެހެންވެ ޑރ. މުއިއްޒުގެ މައްޗަށް، ގާނޫނު ނަންބަރު: 2014/09 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 520 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ބ) ގެ ދަށުން ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހެޅީ އެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސެއްގެ ވެސް މަގާމު އަދާކުރައްވާ މުއިއްޒުގެ މައްޗަށް ދައުވާ ކުރަން ފޮނުވީ 2019 ޖޫން، 25 ގައެވެ. އޭރު ޑރ. މުއިއްޒު ވަނީ މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފަ އެވެ.

މި މައްސަލައާ ގުޅިގެން އެކި ފަހަރު މަތީން ޑރ. މުއިއްޒުގެ ބަޔާން ނެގުމަށް ފުލުސް އޮފީހަށް ހާޒިރު ކުރި އެވެ. އޭގެ އިތުރުން މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވެސް އޭނާ ހާޒިރުކޮށް ސުވާލުކުރުމުން ވެސް ދިނީ ގޮދު މައުލޫމާތުކަމަށް ބުނެ އެ މައްސަލަ މަޖިލީހުން އޮތީ ފުލުހަށް ހުށަހަޅާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: