ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަރު ކޮމިޝަނުގެ މެންބަރު މިސްބާހު އުޅުއްވަނީ އެމްޑީޕީގެ ޕްރޮޕެގެންޑާ ޚަބަރުތައް ފެތުރުމުގައި: ޖަމީލް

ޝެއާރކޮށްލާ ކަހަލަދޯ؟

މަރު ކޮމިޝަނުގެ މެންބަރު މިސްބާހު އައްބާސް އުޅުއްވަނީ އެމްޑީޕީގެ ޕްރޮޕެގެންޑާ ޚަބަރުތައް ފެތުރުމުގައި ކަމަަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވީ

ގެެއްލުވާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލަ ނުބަލަން ކުރީގެ ރައީސް އަބްދުﷲ ޔާމީން، އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް އެންގެވި ކަމަށް އޮންލައިން ނޫހަކުން ރިޕޯޓު ކުރުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ޖަމީލް ވިދާޅުވީ މަރު ކޮމިޝަން ފަދަ ސީރިއަސް މަސްއޫލިއްޔަތެއް ޙަވާލުވެފައިވާ ތަނެއްގެ މެންބަރަކު ސިޔާސީ އެކްޓިވިސްޓެއްގޮތަށް ހަރަކާތްތެރިވެގެން ނުވާނެ ކަމަށެވެ.

”މަރުކޮމިޝަނުގެ މެންބަރު މިސްބާހު އުޅުއްވަނީ އެމްޑީޕީގެ ޕްރޮޕެގެންޑާ ޚަބަރުތައް ފެތުރުމުގައި. މިފަދަ މެންބަރުން ވަގުތުން ވަގުތަށް ވަކިކުރަންޖެހޭ.” ޖަމީލް ވިދާޅުވިއެވެ.

ވަގަށް ނަގައި މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެ މައްސަލާގައި މަރުތަކާ ބެހޭ ކޮމިޝަނަށް ޔާމީން އިއްޔެ ވަނީ ހާޒިރުކޮށްފައެވެ. އެ ކޮމިޝަނުން ޔާމީނަށް ކުރާ ތުހުމަތަކީ ރިލްވާންގެ މައްސަލައިގެ ތަހުގީގަށް ހުރަސްއެޅި ކަމުގެ ތުހުމަތެވެ.

ޔާމީން ހާޒިރުކުރުމާ ގުޅިގެން ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެ ކޮމިޝަނުގެ މެމްބަރު މިޞްބާޙު ވިދާޅުވީ އެ މައްސަލާގައި ކޮމިޝަނުން އެތައް ފަހަރަކު ސުވާލުކުރުމުން ވެސް ޔާމީން ހުންނެވީ ހަނު ކަމަށާއި، މި ތުހުމަތަށް ޖަވާބުދާރީވާން ތަކުރާރުކޮށް ފުރުސަތު އެރުވުމުން ވެސް ޔާމީން ހަނު ހުންނެވުމުން އެކަމާ ހިތާމަކުރައްވާ ކަމަށެވެ.

މި މައްސަލާގައި ޔާމީނުގެ މައްޗަށް ކުރާ ތުހުމަތަށް އެމަނިކުފާނު ފުރިހަމަ ޖަވާބުދާރީވުމަކީ ރިލްވާންގެ އާއިލާ އިން ވެސް އެދޭނެ ގޮތް ކަމަށް މިސްބާހު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: