ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިލްވާން މައްސަލަ ނުބަލަން ޔާމީން ނާންގާ: އުމަރު

ކުރިގެ ރައީސް ހޯމް މިނިސްތަރ އުމަރު ނަސީރު އަދި އަރިހުގައި ކުރީގެ ރައީސް ޔާމީޏް
ޝެއާރކޮށްލާ ކަހަލަދޯ؟

އަހުމަދު ރިލްވާން އަބްދުﷲ ވީނުވީއެއް ނޭނގި ގެއްލިފައިވާ މައްސަލަ ނުބަލަން ކުރީގެ ރަައީސް އަބްދުﷲ ޔާމީން އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް އެންގެވި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް އުމަރު ދޮގު ކޮށްފި އެވެ.

އުމަރު މިހެން ވިދާޅުވީ ރިލްވާންގެ މައްސަލަ ނުބަލަން ރައީސް ޔާމީން، އުމަރު ނަސީރަށް އެންގެވި ކަމަށް އޮންލައިން ނޫހަކުން ރިޕޯޓު ކުރުމާ ގުޅިގެންނެވެ.

އުމަރު ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި ރިލްވާންގެ މައްސަލަ ނުބަލަން ނުވަތަ ހުއްޓާލުމަށްވެސް ރައީސް ޔާމީން އޭނާގެ ގާތުގައި ދުވަހަކުވެސް ވިދާޅުވެފައިނުވާ ކަމަށެވެ.

“މިއީ ކަނޑައެޅިގެން ‘އޯވާވެލްމް’ ގެ މާނަ އޮޅޭ ގޮތަށް ފަތުރަމުންދާ ވާހަކަތަކެއް،”

ރިޟްވާން ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ އޯގަސްޓު މަސް ތެރޭގައެވެ. އެ މައްސަލަ ބަލާ، އެކަމުގައި ތުހުމަތު ކުރެވޭ މީހުންނަށް ދައުވާ ކުރެވިފައިވަނީ ވެސް ރައީސް ޔާމީންގެ ވެރިކަމުގައެވެ.

ވަގަށް ނަގައި މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެ މައްސަލާގައި މަރުތަކާ ބެހޭ ކޮމިޝަނަށް ޔާމީން އިއްޔެ ވަނީ ހާޒިރުކޮށްފައެވެ. އެ ކޮމިޝަނުން ޔާމީނަށް ކުރާ ތުހުމަތަކީ ރިލްވާންގެ މައްސަލައިގެ ތަހުގީގަށް ހުރަސްއެޅި ކަމުގެ ތުހުމަތެވެ.

ޔާމީން ހާޒިރުކުރުމާ ގުޅިގެން ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެ ކޮމިޝަނުގެ މެމްބަރު މިޞްބާޙު ވިދާޅުވީ އެ މައްސަލާގައި ކޮމިޝަނުން އެތައް ފަހަރަކު ސުވާލުކުރުމުން ވެސް ޔާމީން ހުންނެވީ ހަނު ކަމަށާއި، މި ތުހުމަތަށް ޖަވާބުދާރީވާން ތަކުރާރުކޮށް ފުރުސަތު އެރުވުމުން ވެސް ޔާމީން ހަނު ހުންނެވުމުން އެކަމާ ހިތާމަކުރައްވާ ކަމަށެވެ.

މި މައްސަލާގައި ޔާމީނުގެ މައްޗަށް ކުރާ ތުހުމަތަށް އެމަނިކުފާނު ފުރިހަމަ ޖަވާބުދާރީވުމަކީ ރިލްވާންގެ އާއިލާ އިން ވެސް އެދޭނެ ގޮތް ކަމަށް މިސްބާހު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: