ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ ފަތުރުވެރިން ކަރަންޓީނުވާން ކުޑަހުވަދޫއަށް، ރައްޔިތުން ކަންބޮޑުވުމެއްގައި!

ގިނަ ދުވަސްތަކަށް ފަހު ރާއްޖޭގެ ފަތުރުވެރިކަން ވަނީ ރަނގަޅުވާން ފަށާފައި/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިޔާއިން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސް ދ. ކުޑަހުވަދޫގައި ކަރަންޓީނުވަމުންދާކަމަށް އެ ރަށު ކައުންސިލްގެ ރައީސް އިބްރާހިމް ފިކުރީ ވިދާޅުވެއްޖެ އެވެ.

ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން މިދިޔަ މަހުގެ 31 ވަނަ ދުވަހު އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާއިރު، މިހާލަތުގައި އިންޑިޔާއިން އަންނަ ބޭރުގެ ފަތުރުވެރިން ކުޑަހުވަދޫގެ ގެސްޓުހައުސްތަކުގައި ކަރަންޓީވުމަކީ އެންމެ އެދެވޭ ކަމެއް ނޫންކަމަށް ފިކުރީ “ސަންގު” އަށް ވިދާޅުވި އެވެ.

އަދި މިފަދަ ދަނޑިވަޅަކާއި ގުޅުވައި ގެސްޓު ހައުސްތައް ހިންގުމަށް ހުއްދަ ދިނުމަކީ ރަށުގެ ހާލަތު އިތުރަށް ގޯސްވެ، ރައްޔިތުންނަށް ނުރައްކަލާއި ކުރިމަތިލާން ޖެހިދާނެކަމެއް ކަމަށް ފިކުރީ ވަނީ ވިދާޅުވެފަ އެވެ.

ފިކުރީ ވިދާޅުވީ ކުޑަހުވަދޫގައި ކަރަންޓީނުވުމަށް ހަމަޖެހިފައި ވަނީ މެދު އުތުރުމައްޗަށް ދަތުރުކުރާ އިންޑިޔާ މީހުންގެ 100 އެއްހައި އިންޑިޔާ މީހުންކަމަށެވެ. އަދި މީހުން ތިބުމަށް ހަމަޖެހިފައި ވަނީ ކުޑަހުވަދޫގެ ގެސްޓު ހައުސްތަކުގައިކަމަށް އޭނާ ވިދާޅު ވިއެވެ.

“އިންޑިޔާއިން ގާތްގަނޑަކަށް 100 އެއްހައި މީހުން ކުޑަހުވަދޫގައި ކަރަންޓީނުވުމަށް ހަމަޖެހިފައިވަނީ. ހީވާ ގޮތުގައި އެއީ މެދު އުތުރުމައްޗަށް ދަތުރުކުރާ ފަތުރުވެރިން. އަޅުގަނޑާއި ރަށުގެ ރައްޔިތުން ކަންބޮޑުވަނީ ރަށް މޮނިޓަރިންނަށް ލައި ކޮމިއުނިޓީ ސްޕްރެޑެއް އޮއްވައި މިހެން އިތުރު ބަޔަކު ގެނެސް ކަރަންޓީނުވާތީ. އެކަމަކު އަޅުގަނޑުމެންނަށްވެސް ކުރެވޭނީ ވަކި ކީއްތޯ. ސަރުކާރުން ގެސްޓު ހައުސްތަކުގެ ވިޔަފާރިތަކަށް ހުއްދަދިނުމުގެ މަގުމަތީގަ އޮތީ” – ކައުންސިލް ރައީސް އިބްރާހިމް ފިކުރީ

އެހެންނަމަވެސް މިގޮތަށް މިކަން ކުރުމަށް ކުޑަހުވަދޫ ރައްޔިތުން އެއްވެސް ގޮތަކަށް ތާއީދެއް ނުކުރާކަމަށާއި، މިކަމާއި މެދު ރައްޔިތުންނާއި އެރަށުގެ ކައުންސިލުން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރާކަމަށް ފިކުރީ ވިދާޅުވިއެވެ.

“ސަންގު” އިން ކުރި ސުވާލަކަށް ޖަވާބުދެމުން ދާލު އަތޮޅު ހޮސްޕިޓަލު ހިންގެވުމާއި ހަވާލުވެހުންނެވި އިބްރާހިމް ފަޒީލް ވިދާޅުވީ، ކަރަންޓީނުގެ ހާލަތަށް ކުޑަހުވަދޫ ގެނެސްފައިވާއިރު، ރައްޔިތުންގެ ނުރައްކަލަށް މިފަދައިން ކަންތައް ކުރުމަކީ ނާއިންސާފުކޮށް ކުރެވޭނެ ކަަމެއް ކަމަށެވެ. އަދި ރަށުގައި ގިނަ އަދަދަކަށް ކޮވިޑުގެ ކޭސްތައް ފެތުރެމުންދާ މިފަދަ ދަނޑިވަޅެއްގައި ރަށުގެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އިތުރު ފަތުރުވެރިން އައުމުން ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށްވެސް ދަތިތަކަކާއި ކުރިމަތިލާން ޖެހޭނެކަމަށް ފަޒީލް ވިދާޅުވިއެވެ.

މީގެއިތުރުން އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވެވެގެން ކުއްލި ހާލަތެއްގައި ފަރުވާދިނުމަށް އެރަށުގައި ކޮވިޑުގެ ފެސިލިޓީއެއް ނެތްކަން ފާހަގަކުރައްވާފައެވެ. އަދި ރަށުގެ ރައްޔިތުން ޕޮޒިޓިވްވެފައިވާ މިހާލަތުގައި ފަތުރުވެރިން އައުމުން އެކަށީގެންވާ ފަރުވާދިނުމަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތަކެއްވެސް ނެތް ކަމަށް ވިދާޅުވެފައެވެ.

މިދިޔަ މަހު ކުޑަހުވަދޫ މޮނިޓަރިންނަށް ލާފައިވާއިރު، ކޮންމެ ދުވަހަކުވެސް ބަޔަކު ޕޮޒިޓިވްވަމުންދާކަމަށް ކުޑަހުވަދޫ ކައުންސިލްގެ ރައީސް ފިކުރީ ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ އިންޑިޔާއިންވެސްް ގިނަ އަދަދަކަށް ކޮވިޑުގެ ކޭސްތައް ކަންޓްރޯލްނުވެ ފެތުރެމުންދާއިރު، އިންޑިޔާއިން ދަނީ ބްލެކް ފަންގަސްއާއި ކޮވިޑުގެ އެހެން ވޭރިއެންޓްތައްވެސް ފެންނަމުންނެވެ. މިހެން މިކަން ވާއިރު، އެރަށުގައި ކޮވިޑުގެ އައުޓްބްރޭކެއް އޮއްވައި ފަތުރުވެރިން އެ ރަށަށް އަންނާތީ ކުޑަހުވަދޫގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އަވައްޓެރި އިންޑިއާގައި ކޮވިޑުގެ ހާލަތު ގޯސްވެ، މެދު އިރުމަތީގެ ގައުމުތަކަށް ދާ އެ ގައުމުގެ މީހުން ކަރަންޓީނުވާން ރާއްޖެ އެތެރެވާކަމުގެ ވާހަކަތަކެއް ދެކެވުނެވެ. އޭގެ ސަަބަބުން ރާއްޖޭގެ ގިނަ ރަށްތަކުގައި ކޮވިޑުގެ ހާލަތު ގޯސްވެ، އިންޑިއާގެ އެންމެ ނުރައްކާތެރި ކޮވިޑުގެ ވޭރިއަންޓުތައް ވެސް ރާއްޖެއިން ފެނުނެވެ.

ބައެއް ގައުމުތަކުން އިންޑިއާއަށް ދަތުރުކުރުމާއި، އިންޑިއާއިން ގައުމުތަކަށް މީހުން އެތެރެވުން މަނާކޮށް ފިޔަވަޅުތައް ވަނީ އަޅާފައެވެ. ޔޫއޭއީފަދަ ގައުމުތަކުން، އިންޑިއާގައި ޓްރާސިންޓު ކުރާ ބަޔަކަށް ވެސް އެ ގައުމަށް އެތެރެނުވެވެ އެވެ. އަދި ކަރަންޓީނުވާ ގޮތަށް ވެސް އެތެރެނުވެވޭ ގޮތަށް ފިޔަވަޅު އަޅައި، ދަތުރުތައް ކުރުން އަދިވެސް އޮތީ ހުއްޓާލާފަ އެވެ. އެހެންވެ، މެދު އިރުމަތީގެ ގައުމުތަކަށް ދަތުރު ކުރާ މީހުން، ރާއްޖެ އައިސް 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަނީ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 7%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 2%ވަރަށް ދެރަ 86%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: