ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުށް ކުރާ މީހުން މުޖުތަމައުއަށް ހިދުމަތް ކުރުމުގެ މަޝްވަރާތައް ކުރިޔަށް!

ކުށް ކުރާ މީހުން މުޖުތަމައުއަށް ހިދުމަތްކުރުމަށް މަޝްވަރާ ކުރަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުށް ކުރާ މީހުންނާއި ގައިދީން، މުޖްތަމައަށް ޚިދުމަތް ކުރުމުގެ އަދަބު ތަންފީޛުކުރުމާއި ބެހޭގޮތުން، މަޝްވަރާކޮށްފިއެވެ.

މިިނިސްޓްރީ އޮފް ހޯމް އެފެއާޒުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އިސްނަގައިގެން ކުރިއަށް ހިންގުމަށް ހަމަޖެހިފައިވާ މި ގަވާއިދުގެ ދަށުން ގައިދީންނާއި ކުށް ކުރާ މީހުންނަށް އިޖުތިމާއީ އެކިއެކި މަސައްކަތްތައް ކުރެވޭ އުސޫލެއް ކަނޑައެޅޭނެއެވެ.

އަދި މި އުސޫލުގެ ދަށުން ސަރުކާރުގެ ދަށުން ހިނގާ އެކި ކުންފުނިތަކާއި، ކައުންސިލްތަކާއި އެހެނިހެން ތަންތަނުގައި ގައިދީންނާއި ކުށް ކުރާ މީހުންނަށް މަސައްކަތްކުރެވޭނ ނިޒާމެއް އެކުލަވައިލުމަށް ކަރެކްޝަނުންނާއި ހޯމް މިނިސްޓްރީން މަސައްކަތްކުރަމުން ގެންދާކަމަށް މޯލްޑިވްސް ކަރެކްޝަން ސާވިސްގެ މީޑިއާ އޮފިޝަލް ޔުސްރީން ވަނީ ވިދާޅުވެފަ އެވެ.

ހަމައެހެންމެ މި ގަވާއިދު އެކުލަވާލުމާއިއެކު މި ގަވާއިދާއި އެއްގޮތަށްް އަމަލު ކުރެވެމުން ގެންދާނެކަމަށްވެސް ޔުސްރީން ވަނީ ވިދާޅުވެފަ އެވެ.

ހެލްތު މިނިސްޓްރީންނާއި ކަރެކްޝަނުން މިކަމާއި ގުޅޭގޮތުން މާލެ ވޯޓާ ސިވަރޭޖް ކޮމްޕެނީއާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އިތުރުން ވޭސްޓް މެނޭޖްމަންޓް ކޯޕޮރޭޝަން ލިމިޓެޑް (ވެމްކޯ) އާއި މަޝްވަރާކޮށްފައިވެ އެވެ.

މި މަޝްވަރާތަކަށް ފަހު ކޮމިޝަނާރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، ގާނޫނީ އުގޫބާތުގެ ދަށުން ކުދި ކުށްތައް ކުރާ މީހުންނަށް ޖަލު ނޫން އަދަބު ތަންފީޒު ކުރުމުގެ ގޮތުން “މުޖުތަމައުއަށް ހިދުމަތް ކުރުވުން” އެއީ އަދަބެއްގެ ގޮތުގައި ތަންފީޒު ކުރުވުމަށް އެކުލަވާލަން ޖެހޭ އުސޫލު އެކުލަވާލާ، އޮނިގަނޑު ބިނާ ކުރުމުގެ މަސައްކަތް ކުރެވެމުން ދާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: