ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެކްސިން ފުރިހަމަ ނުކުރާނަމަ، ރިލީޒް ސާމްޕަލްއަށް ފައިސާ ދައްކަން ޖެހޭނެ!

ކޮވިޑުން-19 އިން ދިފާއުވުމަށް ޖަހާ ކޮވިޑު ވެކްސިން ޕްރޮގްރާމުގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑު-19 ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކޮށް ރާއްޖޭގެ ރަށްތަކަށް ދަތުރުކޮށް ކަރަންޓީނުވާ މީހުން މުއްދަތު ހަމަވުމަށްފަހު ނަގާ ސާމްޕަލްތަކަށް ފައިސާ ދައްކަންޖެހޭ ގޮތަށް އުސޫލު އެކުލަވާލައިފި އެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ވެކްސިން ފުރިހަމަ ނުކުރާ އަދި ބަލީގެ ސަބަބުން މޮނީޓަރިންގެ ހާލަތުގައި އޮންނަ ރަށްތަކަށް ދަތުރު ކުރުމުގައި ކަރަންޓީނުވާން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެ މީހުން ރިލީޒް ސާމްޕަލްއަށް ފައިސާ ދައްކަންޖެހޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. ރިލީޒް ސާމްޕަލްގެ ގޮތުގައި ދައްކަން ޖެހޭ އަދަދެއް، ޑރ. ނަޒްލާ ހާމައެއް ނުކުރައްވަ އެވެ.

އެޗްއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑަށް އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ދީފައިވާ ލުއިތައް ވަނީ އިއުލާނުކޮށްފަ އެވެ. އޭގެ ތެރޭގައި މާލޭގައި އޮފީސްތައް ހުޅުވައި މަސައްކަތް ކުރުމާއި، ރެސްޓޯރަންޓު ކެފޭތަކުގައި އާއްމު އުސޫލުން ހިދުމަތް ދިނުން ހިމެނެ އެވެ.

މީގެ އިތުރުން ކޮލެޖު ޔުނިވާސިޓީތަކަށް ދަރިވަރުން ހާޒިރުވެގެން ކިޔަވައިދިނުން ކުރިޔަށް ގެންދިއުމުގެ އިންތިޒާމު ވެސް ވަނީ ހަމަޖެހިފަ އެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: