ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިލްވާނަށް ވީގޮތް ހޯދުމުގައި ދައުލަތަށް ކޮށްދެވުންހާވެސް ކަމަކީ އަޅާނުލުން: ވައްޑެ

އުނގޫފާރު ދާއިރާގެ މެމްބަރު އިބްރާހިމް ވަހީދު (ވައްޑޭ)
ޝެއާރކޮށްލާ ކަހަލަދޯ؟

ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާން އަބްދުﷲގެ މައްސަލައިގައި ދައުލަތަށް ކޮށްދެވުނުހާވެސް ކަމަކީ އަޅާނުލުން ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.

ވައްޑޭ ކުރި ޓްވީޓުގައި ވިދާޅުވެފައިވަނީ 7 އަހަރު ފުރުނުއިރު ރިލްވާނަށް ވީގޮތް ހޯދުމުގައި އާއިލާއިންނާއި ރައްޓެހިން ކުރި ބުރަ މަސައްކަތާއި ހިތްވަރު ފިޔަވައި ފެންނާން އޮތް އެހެން މާބޮޑު ކަމެއް ނެތް ކަމަށެވެ.

“ދައުލަތަށް ކޮށްދެވުންހާވެސް ކަމަކީ އަޅާނުލުން. ލަދުވެތިކަމުގެ އިންތިހާ.” ވައްޑޭގެ ޓްވީޓްގައިވެއެވެ.

ރިލްވާންގެ މަރަށް ހަތް އަހަރު ވީއިރު ތަހުގީގަށް އިތުރު ކުރިއެރުމެއް ލިބިފަ އެއް ނުވެ އެވެ. ގިނަ ދުވަސްތަކަކަށް ފަހު އާ އެއްވެސް މައުލޫމާތަކާ ނުލައި ކޮމިޝަނުން މިދިޔަ މަހުގެ އެއްވަނަ ދުވަހު އާންމު ކުރި ވީޑިއޯގައި ރިލްވާން ގެއްލުނު ރޭ މާލޭ ތެރޭގައި ހަރަކާތްތެރިވި މަންޒަރުގެ ސީސީޓީވީ ފުޓޭޖު ބައިތައް ދައްކަ އެވެ.

އޭނާ އެރޭ ބައިބަލާ މެޗް ބަލަން ދިޔަ ތަނާއި މެޗް ނިމުމުން ހުޅުމާލޭ ފެރީ ޓާމިނަލްއަށް ދިޔަ މަންޒަރު ވެސް ދައްކަ އެވެ. އޭނާގެ ފަހަތުން ފާރަލަމުން ދިޔަ މީހުންގެ މަންޒަރު ވެސް ވީޑިއޯގައި ދައްކަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: