ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ނެތިގެން ދާނެކަމުގެ ބިރު ބޮޑު: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ، ރާއްޖެ ނެތިގެން ދިއުމުގެ ފުރުސަތު ބޮޑުވަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ފިނިހޫނުމިނަށް މިވަގުތު އަންނަ ބަދަލުތަކާއި، އޭގެ ސަބަބުން މޫސުމަށް ކުރާ އަސަރުތަކުގައި ކަނޑުގެ ލޮނުގަނޑު އުފުލެމުންދާތީ އެކަމުގެ ކަންބޮޑުވުން އަބަދުވެސް އޮވެ އެވެ. އަދި މޫސުމަށް ކުރާ ނޭދެވޭ އަސަރުތައް ހިމެނޭ ރިޕޯޓެއް ހިއްސާކޮށް ރައީސް ނަޝިދު ވިދާޅުވީ ރާއްޖެ ގެއްލިގެން ދިއުމުގެ ބިރު އިތުރުވަމުން އަންނަ ކަމަށެވެ.

މޫސުމަށް އަންނަ އަވަސް ބަދަލުތަކަށް ކަންބޮޑުވުންފާޅުކޮށް ރައީސް ނަޝީދު ވިދާޅުވީ، މިއީ ކުދި ޖަޒީރާ ގައުމުތަކަށް އޮތް ބިރެއްކަމަށެވެ. މިއީ ދުނިޔޭގެ ބޮޑެތި ގައުމުތަކުން، ޖަޒީރާ ގައުމުތަކުންވެފައިވާ އިހުމާލެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ރައީސް ނަޝީދުގެ އެ ޓްވީޓުގައި ވާ ގޮތުން، ރާއްޖެ މިއޮތީ ނެތި ދިއުމުގެ ތުންފަތް މަތީގަ އެވެ.

ބީބީސީގެ، ކްލައިމެޓް ޗޭންޖް ރިޕޯޓުގައިވާ ގޮތުން ދުނިޔޭގެ ފިނިހޫނުމިން މިހާރު ވަނީ 1.2 ޑިގްރީ ސެލްސިއަސްއަށް އުުފުލިފަ އެވެ. މިއީ ޖައްޗަށް ދޫކުރާ ވިހަ ގޭސްތަކުގެ ސަބަބުން، ކަނޑުފެ ލޮނުގަނޑު އުފުލެމުންދާ މިންވަރަށް އެއްވެސް މަޑުޖެހުމެއް ނާންނަކަން ފާހަގަ ކުރި އެވެ. ދުނިޔޭގެ ފިނިހޫނުމިން ރިކޯޑު މިންވަރަކަށް އިތުރުވެފައިވާކަން ފާހަގަކޮށް ރިޕޯޓުގައި ބުނެފައިވަނީ، އޭގެ ސަބަބުން ހޫނު ގަދަވެ ގަސްތައް ބޯ ސަރަހައްދުތަކުގައި އަލިފާނުގެ ހާދިސާތައް ހިނގާ މިންވަރު ކުރިއާއި އަޅާބަލާ ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ.

ރިޕޯޓުގައި ވާ ގޮތުން ޔޫއެންއިން މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން 14،000 އެއްހާ ސައިންޓިފިކް މައުލޫމާތު ހިމެނޭ ލިޔެކިއުންތައް ދިރާސާ ކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: