ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

‏މިއީ އާ ފެށުމެއް، އުޖާލާ އާ އަހަރެއް: މިނިސްޓަރު

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އިލެކްޓްރީޝަން ކޯސް ފައްޓަވައި ދެއްވުމުގެ ގޮތުން ވާހަކަދައްކަވަނީ-- ފޮޓޯ: ސްޓެލްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މި ފެށޭ ދިރާސީ އާ އަހަރަކީ ‏މިއީ އުޖާލާ އާ އަހަރަކަށް ވާނެ ކަމަށް އުންމީދު ކުރާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ފެށި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ މިއީ އާ ފެށުމެއް އަދި އުޖާލާ އާ އަހަރެއް ކަމަށެވެ. އަދި ކިޔެވުމަކީ ހުވަފެންތަކުގެ ދުނިޔެއަށް ހުޅުވޭ ދޮރޯއްޓެއް ކަމަށްވާއިރު މި ދޮރޯށީގެ ތަޅުދަނޑިއަކީ ކުރާހިތްވުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

“ދޫނުކޮށް، އެއްވާނެއްގައި ކުރާ މަސައްކަތަކީ ކާމިޔާބުގެ ސިއްރު. މި ދިރާސީ އަހަރަކީ އަޅުގަނޑުމެންނަށް ފެހި، ފަހި ފާގަތި އަހަރެއް ކަމުގައި ލައްވާށި!” މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: