ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު، މިހާރު ސިޔާސީ ދާއިރާއިން މުސްކުޅިވެއްޖެކަން ގަބޫލު ކުރައްވާ: ރީކޯ

މަޖިލީހުގެ ކުރީގެ ނައިބް ރައީސް ރީކޯ މޫސާ މަނިކް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިޔާސީ މައިދާނުގައި މުސްކުޅިވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި އެމްޑީޕީގެ ޗެއާ ޕާސަންގެ މަގާމު ވެސް އަދާކުރައްވާފައިވާ ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ސަންގުޓީވީގެ “ޚަބަރަަށްފަހު” ޕްރޮގްމްގައި މޫސަ ވިދާޅުވީ، ޕާޓީގެ ތެރެއިންވެސް އިސްވެރިއަކަށް އެއްވެސް މީހަކު އުފެދޭކަށް ރައީސް ނަޝީދު ބޭނުން ނުވާ ކަމަށެވެ. އެހެން ނަމަވެސް ދުވަސްތައް ވޭތުވާ ވަރަކަށް އެމަނިކުފާނު ސިޔާސީ މައިދާނުން އެކަހެރިވެ ވަޑައިގަންނަވަން ޖެހޭކަން އަމިއްލަފުޅަށްވެސް އިހުސާ ސްކުރައްވާނެ ކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ އެމްޑީޕީން އޭނާ ބޭރުކުރެއްވީ ދޮގު ތުހުމަތުތަކެއް ކޮށްފައިކަމަށެވެ. ހަމައެހެންމެ މޫސަ މި ސަރުކާރުގެ ނުވަތަ އެމްޑީޕީގެ މީހަކަށް ނުވީ ނަމަވެސް އެމްޑީޕީން ގެނައި ރައީސް އަވަހާރަކޮށްލުމަށް ކުރާ މަސައްކަތް ކުރުމަކަށް އެއްވެސް މީހަކަށް ފުރުސަތެއް ނުދޭނެކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެއީ އެއްވެސް ގޮތަކަށް ޕާޓީގެ ތެރެއިން ހިންގާ އަމަލެއްގެ ގޮތުގައި ބުނެވޭނެ ޖާގައެއް ވެސް ނެތްކަކަމަށާއި، ޕާޓީގެ އެއްވެސް މެމްބަރަކު އެފަދަ އެއްވެސް އަމަލެއް ނުހިންގަވާނެކަމަށް މޫސަ ވިދާޅުވި އެވެ.

އެމްޑީޕީގެ އެތެރެއަށް ގެންނަން ޖެހޭ އިސްލާހުތަކާއި، އެ މަސައްކަތް ކޮންމެހެން ވެސް ކުރަންޖެހޭކަމަށް ތަކުރާރުކޮށް ފާހާގަކޮށް ޕާޓީ ހަލާކުކުރަން ރައީސް ނަޝީދަށް ފުރުސަަތު ނުދޭނެކަމަށް ވިދާޅުވާތީ އެއީ ކޮން ހައިސިއްޔަތަކުންތޯ ސުވާލު ކުރުމުން މޫސަ ވިދާޅުވީ މިހާރު ޕާޓީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންނަށް އޭނާ ކުރި މަސައްކަތް އިހުސާސް ވެސް ނުވެދާނެ ކަމަށެވެ. އެމްޑީޕީއަކީ އޭނާ ވަރަށް ގިނަ ގުރުބާނީއެއް ވެ، ގިނަ ވަގުތު ހޭދަކުރި ޕާޓީއެއްކަން ފާހަގަކޮށް މޫސަ ވިދާޅުވީ ޕާޓީއަށް ދެރަ ގޮތެއް ވާން އޭނާ ބޭނުމެއް ނުވާ ކަމަށެވެ.

އެހެން ނަމަވެސް ރައީސް ސޯލިހު ބަލިކަށި ކުރުމަށް، ޕާޓީގެ އެތެރެއިން ކުރަމުންދާ މަސައްކަތްތަކަކީ ތާއީދު ގެއްލެމުންދާތީ ކުރާ ކަމެއްގެ ގޮތުގައި މޫސަ ވިދާޅުވި އެވެ. ރައީސް ނަޝީދު ކިތަންމެ ބޭނުންފުޅު ވިޔަސް ދެން އެމްޑީޕީގެ އެތެރެއިން ލިބޭނެ އެއްވެސް މެޖޯރިޓީއެއް ނޯންނާނެކަމަށް މޫސަ ވަނީ ވިދާޅުވެފަ އެވެ. އެއީ ގައުމީ މަޖިލީހުގެ ތެރެއިން ވިޔަސް، ނުވަތަ މަޖިލީހާއި ވަޒީރުންގެ ތެރެއިން ވިޔަސް ފުރިހަމަ ބާރާއި މެޖޯރިޓީ އޮތީ ރައީސް ނަޝީދަށްކަމަށް މޫސަ ވިދާޅުވި އެވެ.

މީގެ ކުރިން ރައީސް ނަޝީދު ހުރިހާ ބާރެއް މުށުތެރެއަށް ލައި، ހިޔާލު ތަފާތުވާ ކޮންމެ މީހަކު ޕާޓީން ވަކި ކުރަމުން ދިޔަ ނަމަވެސް މޫސަ ވިދާޅުވީ ރައީސް ސޯލިހު ޕާޓިން ވަކި ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެކަމަށެވެ. އޭރު ރައީސް ނަޝީދުގެ އަބަދުވެސް ޕާޓީގެ ތެރޭގައި ކިރިޔާވެސް ތާއީދު އޮތްހެން ހީވާ މީހެއްނަމަ އެ މީހަކު ޕާޓީން ބާކީ ކުރާކަމަށް މޫސަ ވިދާޅުވި އެވެ. އަދި އާއްމުންގެ ތެރޭގައި އެއީ ހިތްތިރި މީހެއްގެ ގޮތުގައި ދައްކަން މަސައްކަތް ކުރިޔަސް، ބަންދު ކޮޓަރިތަކުގެ ތެރޭގައި “މީހާ ކުޑަވާވަރަށް” އެއްޗެހި ގޮވާކަމަށް މޫސަ ވިދާޅުވި އެވެ.

އެމްޑީޕީ މިއަދު އޮތީ އާދައިގެ ޕާޓީއަކަށް ވުރެ ނިކަމެތި ހާލެއްގައިކަން ފާހަގަކޮށް މޫސަ ވިދާޅުވީ، އެމްޑީޕީ އިސްވެ ގެނައި ޑިމޮކްރަސީގެ އުސޫލުތައް ދޫކޮށް ވަކި މީހެއްގެ ފަހަތުން ޕާޓީ އުޅުން ރަނގަޅެއް ނޫން ކަމަށެވެ.

މީގެ އިތުރުން، އެމްޑީޕީއަށް ސޮއިކުރައްވަފާނެތޯ ސުވާލުކުރުމުން މޫސަ ވިދާޅުވީ އެންމެ ފުރަތަމަ ބޭނުންވަނީ އެމްޑީޕީގެ އެތެރެ ރަނގަޅު ކުރަން ކަމަށެވެ. އަދި ކޮންމެހެން އެމްޑީޕީއަށް ވަންނަން ހިޔާލު ނުކުރި ނަމަވެސް އެމްޑީޕީގެ ކަންކަން ރަނގަޅު ކުރުމުގައި މަސައްކަތް ކުރައްވަން ބޭނުންފުޅުވާކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ.

އަދި ރައީސް ޞޯލިހަށް ބޮޑު އަދަދަކުން މެޖޯރިޓީ އެބޮތްކަމަށާއި، ރާއްޖޭގެ ވެރިކަމަށް ރައީސް ނަޝީދަކަށް ދެނެއް ފުރުސަތެއް ނުލިބޭނެކަން ގަބޫލުކުރެއްވުމަށް ނަސޭހަތްތެރިވާކަމަށް މޫސަ ވިދާޅުވިއެވެ. މީގެއިތުރުން މޫސަ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްވެސް ސިޔާސީ ކަންކަމުގައި އެމަނިކުފާނުގެ ބަސް ވިދާޅުވުމަކަށް ނުފެންނަކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: