ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭދަފުށީ މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލަ ސާބިތެއް ނުވި

ޝެއާރކޮށްލާ ކަހަލަދޯ؟

ބ. އޭދަފުށި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އުއްމު ކުލްސޫމް އަބޫބަކުރުގެ ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ދެ މައްސަލައެއް އެކޯޓުގެ މެޖިސްޓްރޭޓް ބައްލަވަމުން ގެންދަވަނިކޮށް، އެ މެޖިސްޓްރޭޓްގެ ކިބައިން އެ ދެ މައްސަލަ ވަކިކޮށް، އެ ދެ މައްސަލަ ބެލުމާ އުއްމުކުލްސޫމް އަބޫބަކުރު ހަވާލުވުމުގައި، ފަނޑިޔާރުގެ ސުލޫކަށް އަސަރުކޮށްފާނެ ފަދަ ކަންތައްތަކެއް ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށް ބުނެ މި މައްސަލަ ޖޭއެސްސީ އިން ބަލަން ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

ޖޭއެސްސީ އިން މިއަދު ނެރުނު ބަޔާނެއް ބުނެފައިވަނީ އެ ކޮމިޝަނަށް އުއްމު ކުލްސޫމާއި ގުޅޭ ގޮތުން ހުށަހެޅުނު ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް މި މަހުގެ އަށް ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ 58 ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: