ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެވަނަ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު ތިން ލަކައާއި ގާތަށް!

ކުޅުދުއްފުށީގައި އެސްޓްރާ ޒެނަކާ ވެކްސިން ޖެހުމުގެ ތެރެއިން— ފޮޓޯ: ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އިން ސަލާމަތްވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު 3 ލައްކައާއި ގާތްކުރާ އަދަދަކަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 13 ވަނަ ދުވަހާއި ހަމައަށް ޖުމްލަ 342،793 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާކަމަށާއި، މީގެތެރެއިން 294،364 މީހުން ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވާކަމަށް ދައްކައެވެ.

އެގޮތުން އެތާރީހުގައި އަތޮޅުތެރެއިން 282 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، 255 މީހަކު އަޔޮޅުތެރެއިން ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވެއެވެ.

ވެކްސިން ޖެހުމަށް އެއްބާރު ދިނުމަށްޓަކައި އެޗްޕީއޭއިން ވަނީ މިހާރު އެޕޮއިންޓްމެންޓަކާއި ނުލައިވެސް ވެކްސިން ޖެހޭނެ އިންތިޒާމެއް ހަމަޖައްސާފައެވެ.

ކޮވިޑުން ރައްކާތެރިކަން ހޯދުމަށް ރާއްޖޭގައި ޖަހަނީ ހަތަރު ވައްތަރެއްގެ ވެކްސިނެވެ. އެއީ ކޮވިޝީލްޑް ވެކްސިނާއި ސިނޮފާމް ވެކްސިންގެ އިތުރުން ފައިޒާ ވެކްސިނާއި، އެސްޓްރަޒެނެކާއެވެ.

އަދި ސަރުކާރުން ވަނީ ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ދިނުމަށް އަމާޒުހިފާފައެވެ.

މި އާބާދީގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ރާއްޖެއަށް ވެކްސިން ލިބިފައިވާއިރު، މިއީ ރާއްޖެއަށްވުރެ ކުރިއަރާފައިވާ ޤައުމުތަކާއި އަޅާބަލާއިރުވެސް ބޮޑު ކުރިއެރުމެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އިއްޔެއިން ފެށިގެން، އުމުރުން 12 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިން ދިނުމުގެ ޕްރޮގްރާމް ވަނީ ފަށާފަ އެވެ. ސްކޫލު ދަރިވަރުންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ކުރިޔަށް ގެންދާނީ އެ ސްކޫލެއްގެ ހޯލެއްގައި އެޗްޕީއޭއިން ގާއިމްކޮށްފައިވާ ވެކްސިން ސެންޓަރު މެދުވެރިކޮށެވެ.

ދަރިވަރުންގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވެކްސިން ފުރިހަމަ ނުކުރާ މުވައްޒަފުންނާއި، ޓީޗަރުން އަދި ބެލެނިވެރިންނަށް ސްކޫލުގެ ތެރެއަށް ވަނުމުން މަނާވާނެ އެވެ. އެކަން ކަށަވަރު ކުރުމަށް އެޑިއުކޭޝަނުން ވަނީ ވެކްސިން ފުރިހަމަ ކުރިކަން އަންގައިދޭ ކާޑެއް ތައާރަފް ކުރުމަށް ނިންމާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: