ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޭކުރެންދޫގައި ސޯލާ ހަކަތަ ހަރުކުރުމުގެ މަސައްކަތް ފަށައިފި

ސޯލާ ހަރުކުރުމުގައި ހަރަކާތްތެރިވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހދ.ނޭކުރެންދޫގައި ސޯލާ ހަކަތަ ހަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ނޭކުރެންދޫގައި ސޯލާ ހަރުކުރުމުގެ މަސައްކަތަކީ އޭޝިއަން ޑިވެލޕްމެންޓްއާއި އެންވަރަމަންޓް މިނިސްޓްރީން ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ ސަރުކާރުން ބޭރުގެ އެހީއާއެކު ހިންގާ މިފަދަ މަޝްރޫޢުތަކުގެ ބޭނުމަކީ ސަރުކާރުން ތެލަށްކުރާ ހޭދަ ކުޑަކޮށް ތިމާވެއްޓާއި ރައްޓެހިގޮތަކަށް ކަރަންޓް އުފައްދުން ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

މި މަޝްރޫއުގެ ދަށުން 3.5 މެގަ ވޯޓްގެ ސޯލާ ސިސްޓަމް އެޅުމަށް ހަމަޖެހިފައިވާކަމަށް ފެނަކައިން ވަނީ ބުނެފައެވެ. އަދި 30 އިންސައްތަ މަސައްކަތް ހދ. އަތޮޅުގެ އެހެން ރަށްތަކުގައި ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.

އަދި  ނޭކުރެންދޫގައި ލުމަށް ހަމަޖެހިފައިވަނީ 166 ކިލޯ ވޮޓްސް ޕީކްގެ ސޯލާ ސިސްޓަމެއް ކަމަށާއި، މި މަސައްކަތް ފުރިހަމަވުމުން ފެނަކައިން 11 މިލިއަން ރުފިޔާއާއި ހިސާބަށް ހަރަދު ކުޑަކުރެވޭނެކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އޭގެ އިތުރުން 4 ޓަނުގެ ކާބަންޑައިއޮކްސިޖަން ޖައްވަށް ބޭރުވުމުން ދުރުކޮށްދޭނެކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: