ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުނިކަހާ މީހުންނަށް ޖޫސްޕެޓީ ބަހައި، ޝުޖާގެ ވައުދު ފުއްދައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ރީތި، ކަމާއި ސާފު ތަނަކަށް ހެދުމަށް މަސައްކަތްކުރާ މީހުންނަށް ޖޫސްޕެޓީ ބަހާނެކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އިބްރަހިމް ޝުޖާ ވެވަޑައިގެންވި ވަޢުދު ފުއްދައިފިއެވެ.

ޝުޖާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުނިކަހާ ދައްތަމެން ކުރަނީ ބުރަ ބޮޑު މަސައްކަތެއް ކަމަށާއި ހުޅުމާލެ އަކީ ސާފު ތަނެއްގެ ގޮތުގައި ބޭއްވުމަށް ރަތްދަކަ އަވީގައި އެ ކުރާ މަސައްކަތުގެ އަގުވަޒަން ކުރާނެ ކަމަށެވެ.

”ދައްތަމެން ތިޔަ ކުރައްވާ މަސައްކަތައް ލިބެނީ ހައްޤު މިންވަރެއްނޫން. މާލެ ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލެ މުނިސިޕަލް ޚިދުމަތް ބަދަލުވުމުން ދައްތަމެންނަށް މިހާރު ލިބޭ އުޖޫރަ ބޮޑުކުރާނަން.” ޝުޖާ ވިދާޅުވިއެވެ.

ޝުޖާ ވަނީ ކައުންސިލް އިންތިހާބުގެ ކެމްޕެއިންގައި ހުޅުމާލެ ކުނިކަހާ ދައްތަމެންނަށް ޖޫސް ޕެޓީ ބަހާނެ ކަމަށް ވައުދު ވެފައެވެ.

ވަރަށް ގަދަ
7%ވަރަށް ގަދަ 71%ވަރަށް ގަޔާވޭ 18%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 4%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: