ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ޓަވަރުތަކަށް ކަރަންޓް ދިނުން މެދުކަނޑާލައިފި

ހިޔާ ފްލެޓުތައް ނޫސްވެރިންނަށް ދައްކާލުމަށް ބޭއްވި ޓްރިޕްގެ ތެރެއިން/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ ޓަވަރުތަކަށް ކަރަންޓު ދިނުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

ސްޓެލްކޯއިން ބުނީ ހިޔާ ޓަވަރުތަކަށް ކަރަންޓް ދިނުން މެދުކަނޑާލީ ޓަވަރުތަކުގެ ލިފްޓްތައް ކޮމިޝަންކޮށް ނިމެންދެން ކަމަށާއި  އެ ނިންމުން ނިންމީ އެޗްޑީސީން އެ ގޮތަށް އެންގުމުން ކަމަށެވެ.

ސްޓެލްކޯއިން ބުނީ، ހިޔާގެ ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދެން ކުރިއަށްގެންދާނީ އެ ޓަވަރުތަކުގެ ލިފްޓުތައް ކޮމިޝަންކޮށް ނިމި، ހިދުމަތްދިނުން ކުރިއަށްގެންދިއުމަށް އެޗްޑީސީން އެންގުމުން ކަމުގައެވެ.

ހިޔާ ޓަވަރުތަކުގެ ކަރަންޓު ވަގުތީ ގޮތުން މެދުކަނޑާލަން އެޗްޑީސީން އެދިފައިވަނީ ހިޔާ ޓަވަރެއްގެ ލިފްޓެއްގެ ތެރޭގައި ބަޔަކު އިއްޔެ ތާށިވެފައިވާތީ ލިފްޓުތައް ކޮމިޝަން ނުކޮށް ހުރެއްޖެނަމަ މިފަދަ އިތުރު ހާދިސާތަކެއް މެދުވެރިވެދާނެ ކަމަށް ބަލައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދިނުމުގެ ގޮތުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: