ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުވައްމުލައް ސިޓީ އަނެއްކާވެސް މޮނިޓަރިންނަށް ލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފުވައްމުލައް ސިޓީގައި ކޮވިޑް-19 ފެތުރުން ފެށުމާ ގުޅިގެން އެ ސިޓީ އަނެއްކާވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

މިގޮތުން އެސިޓީ މޮނިޓަރިންގެ ހާލަތަށް ގެނައީ ރޭގެ ވަގުތެއްގައެވެ.

ކޮވިޑުގެ އަލާމާތްތައް ފެނުމާއި ގުޅިގެން ޕޮޒިޓިވް ކޭސްތަކެއް ފެނި މީގެ ކުރިން ވަނީ ފުވައްމުލައް ސިޓީ މޮނިޓަރިންގެ ހާލަތައް ގެނެސްފައެވެ. އެ ސިޓީން ކޮވިޑް ފެނިގެން އެ ސިޓީ ބަންދު ކުރި މެއި ހަ ވަނަ ދުވަހުއެވެ. އަދި ކޭސްތައް މަދުވުމާއި ގުޅިގެން ފުރަބަންދު އުވާލާފައިވަނީ 3 މަސް ފަހުންނެވެ.

މިގޮތުން ފުވައްމުލައް ސިޓީ އަލުން މޮނިޓަރިންގެ ހާލަތައް ގެނައީ އެ ސިޓީން އަނެއްކާވެސް ކޮވިޑުގެ ކޭސްތަކެއް ފެނި ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަށް ގަބޫލުކުރެވުމާއި ގުޅިގެންނެވެ. އެހެންނަމަވެސް ފުރަބަންދަށް ލާފައިވަނީ ިތައް މީހުންކަމެއް އަދި އެނގިފައިނުވާކަމަށް މައުލޫމާތުލިބެއެވެ.

އެ ސިޓީން މިހާތަނަށް 888 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. އަދި، 844 މީހަކު ބަލިން ރަނގަޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: