ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު އެދިވަޑައިގަތީ ވީހާވެސް ގިނަ ބަޔަކު ބަރުލަމާނީ ޕެޓިޝަންގައި ސޮއިކުރުމަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ގޮވާލާ ރަޢީސް އިބްރާހީމް މުހައްމަދު ސޯލިހަށް ހުށަހަޅާ ޕެޓިޝަންގައި ވިހާވެސް ގިނަ ބަޔަކު ސޮއި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

އިއްޔެ ސޮއިކުރަން ފެށި ޕެޓިޝަނަކީ އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނާއި އެ ޕާޓީގެ އާންމު މެންބަރުން އިސްވެ ތައްޔާރު ކުރަން ފަށާފައިވާ ޕެޓިޝަނެކެވެ.

އެ ޕެޓިޝަނުގައި ސޮއިކުރި މެމްބަރުންގެ ތެރޭގައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު ހިމެނެއެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަށް ނަޝީދު ފޮނުއްވެވި މެސެޖެއްގައި ވިދާޅުވީ “ވީހާވެސް ގިނަ ބޭފުޅުން ސޮއިކޮށްދެއްވުން ވަރަށް އެދެން” ކަަމަށެވެ.

މި ޕެޓިޝަނަކީ 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި އެމްޑީޕީ މެނިފެސްޓޯގައި، ޤާނޫނު އަސާސީއަށް ބަދަލުތަކެއް ގެނެސް ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ވެފައިވާ ވައުދު ފުއްދުމަށް ބާރުއެޅުމަށް ރައީސަށް ދެންނެވުމަށް ތައްޔާރުކުރާ ޕެޓިޝަނެކެވެ.

ވަރަށް ގަދަ
21%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 8%ބޮޑު ޖޯކެއް 4%ހައިރާންވެއްޖެ 4%ވަރަށް ދެރަ 38%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: