ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަހްލޫފްގެ މައްސަލައަށް ރައީސް ސޯލިހުގެ ސީދާ ނުފޫޒް އެބައޮތް: ޖަމީލް

ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު. ފޮޓޯ: އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފަށް ދައުވާ ނުކުރެވި ގިނަ ދުވަސް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސީދާ ނުފޫޒު އޮތުމުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ “އިންސާފުގެ ބެރުޖަހަމުން” ވެރިކަމަށް ވަޑައިގަތް ރައީސް ސޯލިހްގެ ހަމައެކަނި އަމާޒަކީ އިދިކޮޅު ލީޑަރު ރައީސް ޔާމީން ފްރޭމްކޮށް ނުޙައްޤުން އަދަބުދިނުން ކަމަށެވެ.

“ކޮބައިތޯ ކޮރަޕްޝަންގެ މައްސަލަތައް ބެލިފައި؟” ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ތުހުމަތު ކުރެއްވި ގޮތުގައި ވެންޓިލޭޓަރު މައްސަލައާއި މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލައަށް ރައީސް ސޯލިހްގެ ސީދާ ނުފޫޒު އެބައޮތެވެ. އަދި “އެ ލިސްޓް ވަރަށް ދިގު” ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

މަހުލޫފަށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު އެ އޮފީހުން އަދިވެސް ދައުވާ ކުރުމާ މެދު ގޮތެއް ނިންމާފައެއްނުވެއެވެ.

މަހުލޫފްގެ މައްސަލައިގައި އޭސީސީން ބުނެފައިވަނީ އޭނާ މަޖިލީހުގެ މެމްބަރަކަށް ހުންނެވިއިރު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް.އީ.ޒެޑް) ބިލަށް ވޯޓުދިނުމާއި ޕީ.ޕީ.އެމްގައި ދެމި ހުރުމުގެ މުޤާބިލުގައި ރިޝްވަތުގެ ގޮތުގައި 33,000.00 އެމެރިކާ ޑޮލަރު ގަބޫލުކުރިކަމަށެވެ. މަހުލޫފް މިވަގުތު ހުންނެވީ ސަސްޕެންޝަނުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: