ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިމަންދޫގައި ކޮވިޑުގެ ހާލަތު ގޯސްވެފައިވާއިރު އެމްބިއުލަންސެއް ނެތް

ހިމަންދޫގައި ބަލި މީހަކު ބަގީއެއްގައި ގެންދަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އއ. ހިމަންދޫގައި ކޮވިޑުގެ ހާލަތު ގޯސްވެފައިވާއިރު، ބަލި މީހުން އުފުލުމަށް އެމްބިއުލާންސެއް ނެތްކަމަށް އެރަށު ހެލްތު ސެންޓަރުން ބުނެފިއެވެ.

ހިމަންދޫ ހެލްތު ސެންޓަރުން ބުނީ ބަލި މީހުން އުފުލުމަށް ބޭނުންކުރާ އެމްބިއުލާންސެއް ނެތްތާ މިހާރު ދެއަހަރު ވެފައިވާކަމަށެވެ. އަދި ބަލި މީހުން އުފުލުމަށް ބޭނުންކުރަނީ ރަށުގެ ޕިކަޕުތައް ނުވަތަ ބަގީތައް ކަމަށް އެ ސެންޓަރުން ވަނީ ބުނެފައެވެ.

އެރަށުގައި ކޮވިޑުގެ ހާލަތު ގޯސްވެފައިވާއިރު، ބަލި މީހުން އުފުލުމަށް އެމްބިއުލާންސްގެ ބަދަލުގައި ޕިކަޕް ބޭނުންކުރާ ފޮޓޯތައް ސޯޝަލްމީޑިއާގައި ވަނީ އާންމުވެފައެވެ. އަދި އެރަށުގައި އެމްބިއުލާންސެއް ނެތްކަން ސަރުކާރުގެ ސަމާލުކަމަށްވެސް ގެނެސްފައިވާނެކަމަށް އެރަށުގެ ކައުންސިލުން މައުލޫމާތުދެއެވެ.

އަދި އެ ހިދުމަތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ލިބޭނެ ވާހަކަ ބުނި ނަމަވެސް މިހާތަނަށް އެއްވެސް ހަބަރެއް ވެފައި ނުވާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ހިމަންދޫއަށް އެމްބިއުލާންސްގެ ދަތިކަން ކުރިމަތިވެފައިވާއިރު، ރާއްޖޭގެ ގިނަ ރަށްތަކަށް މި ހިދުމަތުގެ ދަތިކަން ކުރިމަތިވެފައިވެއެވެ.

ދާދި ފަހުންވެސް މިފަދަ މައްސަލައެއް ފެންމަތިވެގެން ގޮސްފައިވެއެވެ. އެގޮތުން ގދ. ނަޑެއްލާގައި ހާލުދެރަ ބަލި މީހަކު ސަތަރިގަނޑެއްގައި ލޯންޗަށް އަރުވާ މަންޒަރު ފެންނަ ފޮޓޯއެއް އާންމުވެގެން ގޮސްފައިވެއެވެ. އަދި ދެއަހަރު ދުވަހު އެމްބިއުލާންސެއް ނެތި އޮތުމަށް ފަހު މައްސަލަ ހައްލުވެފައިވަނީ ސޯޝަލްމީޑިޔާގައި އާންމުންގެ ފާޑުކިޔުންތައް އަމާޒުވުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: