ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިންގެ ފޭކް ބުކިންގެ މައްސަލަ ބަލަނީ

ބިދޭސީންތަކެއް މަގުމަތިވެފައި— ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފަތުރުވެރިންގެ ބުކިން އާއި ގުޅޭ މައްސަލަތައް ފުލުހުން ބަލަން ފަށައިފިއެވެ.

މިގޮތުން މިކަމާއި ގުޅިގެން ފުލުހުންނަށް ހުށަހެޅުމުން އެމައްސަލަތައް އެއިދާރާއިން ތަހުގީގު ކުރަން ފަށައިފިކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފާއިތުވި ދުވަސްތަކުގައި ގިނަ އަދަދެއްގެ ފަތުރުވެރިންނެއ ރާއްޖެ އައިސްފައިވާއިރު، އެމީހުން ކައިރީގައި ފެންވަރު ރަނގަޅު ގެސްޓް ހައުސްތަކަކަށް ބުކިން ހަދާފައިވާކަމަށް ބުނެ، މާލޭގައި ދުވަހު ކުއްޔަށް ދޫކުރާ ތަންތަނުގައި ބައިތިއްބި ކަމުގެ ޝަކުވާތައް ފަތުރުވެރިން ވަނީ ކޮށްފައެވެ. ހަމައެހެންމެ މިކަމާއި ގުޅިގެން މީގެ ތެރެއިން ގިނަ ބަޔަކު ރާއްޖެ އެތެރެ ވިޔަ ނުދީވެސް ފޮނުވާލާފައިވެއެވެ. އެމީހުން ފޮނުވާލިނަމަވެސް، އެމީހުންގެ އަތުންވެސް ފައިސާ ނަގާފައިވާކަމުގެ ޝަކުވާ ކޮށްފައިވެއެވެ.

މިގޮތުން ރާއްޖެ އައި ގިނަ ބަޔަކު، އެމީހުންނަށް ޔަގީންކަން ދީފައިވާ ގެސްޓްހައުސްގައި ތިބޭނެ ޖާގަ ނެތިގެން ސަރުކާރުން ވަނީ އެމީހުންނާއި ހަވާލުވެފައެވެ.

މި މައްސަލަތައް ފުލުހުން ބަލާނެ ކަމަށް ބުނި ނަމަވެސް އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ. އަދި މީގެ ތެރެއިން އެއިދާރާއިން ބަލަމުން ގެންދަނީވެސް ކިތައް މައްސަލައެއް ކަމެއް އެއިދާރާއިން ބުނެފައެއް ނުވެއެވެ.

މެދުއިރުމައްޗަށް ދަތުރު ކުރުމަށްޓަކައި ގިނަ ބަޔަކު ރާއްޖޭގައި ކަރަންޓީން ވުމަށްއައުމާއި ގުޅިގެން ރާއްޖޭގެ ގިނަ ރަށްރަށުގެ ގެސްޓްހައުސްތައް ވަނީ ފުރިފައެވެ. ގެސްޓްހައުސްތައް ފުރި ބައެއް ރަށްތަކުގައި އާއްމުންގެ ގެތަކުގައި ފަތުރުވެރިން ބައިތިއްބާ ކަމަށް ހަބަރު ލިބޭއިރު، އެމީހުން އެޗްޕީއޭގެ ގަވާއިދާއި އުސޫލްތަކާއި ހިލާފުވާކަމަށްވެސް އާންމުން ރިޕޯޓުކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: