ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝިދާތާ، އަދާލަތު ޕަޓީން ވަކިވެއްޖެ

މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސްގެ މަޤާމުގައި ހުންނެވި ޝިދާތާ ޝަރީފު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ޖެންޑާ މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ރައީސް ޝިދާތާ ޝަރީފް އެ ޕާޓީން ވަކިވެ ވަޑައިގެންފިއެވެ.

އަދާލަތު ޕާޓީން ވަކިވެވަޑައިގަންނަވާކަން ހާމަކުރައްވާ ޝިދާތާ މިއަދު ވަނީ އެޕާޓީގެ މަޝްވަރާ މަޖިލީހަށް މެސެޖެއް ފޮނުއްވާފައެވެ.

އަދި އަދާލަތުން ވަކިވާން ނިންމި ސަބަބު މީޑިއާތަކަށް ހާމަކުރުމަށް މާދަމާ ސްޓޭޓްމަންޓެއް ނެރޭނެ ކަމަށް ޝިދާތާ ވަނީ ވިދާޅުވެފައެވެ.

ޝިދާތާއަކީ މި ސަރުކާރުގެ ފުރަތަމަ ޖެންޑާ މިނިސްޓަރެވެ. ނަމަވެސް ޒިންމާ އަދާނުކުރެވޭ ކަމަށް ބުނެ އާންމުންގެ ފަރާތުން ކުރިމަތިވި ޕްރެޝަރާއި ހެދި ޝިދާތާ ވަނީ އެ މަގާމުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު އިސްތިއުފާ ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: