ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ތެރޭ ހިޔާލު ތަފާތުވުމެއް ނެތް: ހަސަންޓޭ

އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ އެތެރޭގައި ހިޔާލު ތަފާތުވުމެއް ނެތް ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު(ހަސަންޓޭ) ވިދާޅުވެއްޖެއެވެ.

މި ދުވަސްވަރަކީ އެމްޑީޕީގެ އެތެރޭގައި ބޮޑެތި ބައިބައިވުންތަކެއް އުފެދި ކޯޅުންތައް ވެސް ބޮޑުވެފައިވާ ދުވަސްވަރަކެވެ. އެގޮތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް ސޯލިހުގެ ގުޅުން ހީނަރުވެފައިވާ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިގެން ގޮސްފައެވެ.

އަދި އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ފާޅުގައި މި ސަރުކާރާއި ރައީސް ސޯލިހަށް ފާޑުކިޔުން ވެސް ވަނީ އިތުރުވާން ފަށާފައެވެ.

މިކަމާ ގުޅޭގޮތުން ސަންގު ޓީވީން ރޭ ގެނެސްދިން “ހަބަރަށްފަހު” ޕްރޮގްރާމުގައި ސުވާލުކުރުމުން ހަސަންޓޭ ވިދާޅުވީ އެމްޑީޕީ ތެރެއަކު ހިޔާލު ތަފާތުވުމެއް ނެތް ކަމަށާއި ރައީސް ސޯލިހުގެ އިސްތިއުފާއަށް ވެސް ނުގޮވާ ކަމަށެވެ.

“އެމްޑީޕީ ތެރެއަކު ހިޔާލު ތަފާތުވުމެއް ނެތް. ނޫން! ރައީސް ސޯލިހުގެ އިސްތިއުފާއަކަށް ނުގޮވާ. އެމްޑީޕީއަކީ އެއް އިރެއްގައިވެސް ބޮޑު މީހެއް ކުޑަ މީހެއް އޮންނަ ޕާޓީއެއް ނޫންކަން ތިބޭފުޅުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ.” ހަސަންޓޭ ވިދާޅުވިއެވެ.

ހަސަންޓޭ ވިދާޅުވީ އެމްޑީޕީ އަކީ ހިޔާލުފާޅުކުރަން ނިކުތް ޕާޓީއެއް ކަމަށާއި ޕާޓީ ތެރޭ ބަހުސްކޮށް ވަަހަކަ ދެއްކި ނަމަވެސް އެއީ ހިޔާލު ތަފާތުވުން ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ކަމެއް ނިމޭއިރު ހުރިހާ މީހުންވެސް ތިއްބަވާނީ އެއްކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

“ހިޔާލު ތަފާތުވާނެ. އެއީ މައްސަލައެއް ނޫން. މި ޕާޓީ އިރާދަަފުޅުކުރެއްވިއްޔާ އޮންނާނީ އެކަތިގަނޑެއްގެ ގޮތުގައި. އެމްޑީޕީ އޮންނާނީ އެމްޑީޕީގެ ގޮތުގައި.” ހަސަންޓޭ ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެ ބޭފުޅުންގެ ސިޔާސީ ކޯޅުުގެ ތެރެއިން އެމްޑީޕީގައި އުފެދިފައިވާ ދެ ފެކްޝަނުން ވެސް ބާރު ހޯދުމަށް މަަސައްކަތް ކުރަމުންދާއިރު، ބަހުގެ ހަމަލާތައް ވެސް ވަނީ އެއް ފެކްޝަނުން އަނެއް ފެކްޝަނަށް ވަރުގަދަ ކޮށްފަ އެވެ.

މިކަމާ ގުޅިގެން ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ، ސިޔާސީ ބައެއް ކަންކަމުގައި ރައީސް ނަޝީދާ ހިޔާލު ތަފާތުވާ ކަމަށެވެ. ނަޝީދު ވެރިކަމުގައި ހުންނެވިއިރު ވެސް ނިންމަވާ ނިންމެވުންތަކާ ގުޅިގެން އެ ހިޔާލު ތަފާތުވުންތައް ހުރި ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެ މަނިކުފާނު ހުށަހަޅުއްވާ ނުވަތަ ހިޔާލު ދެއްވާ ގޮތާ ތަފާތުކޮށް ވެސް ނަޝީދުގެ ވެރިކަމުގައި ކަންކަން ނިންމެވި ކަމަށާއި އެއީ މައްސަލައެއް ނޫން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: