ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސެޓް ރިކަވަރީ ކޮމިޝަނަށް އިތުބާރެއް ނެތް، އުވާލަން ޖެހޭ: އާދަމް ޝަރީފް

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަ ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަން އުވާލަން ޖެހޭ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްސަލާގައި ލަންކާގެ ރައްޔިތެެއްގެ ހެކިބަސް ނަގަން އެސެޓް ރިކަވަރީ ކޮމިޝަން އިން ލަންކާގައި ހުންނަ ދިވެހި އެންބަސީ މެދުވެރިކޮށް އަމަލުކޮށްފައިވަނީ ގާނޫނުތަކާއި ހިލާފަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެ ކޮމިޝަނަށް އެންގުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަނުގެ އިތުބާރު ވަނީ މާކުރިން ވެސް ގެއްލިފައި ކަމަށާއި ރައްޔިތުންގެ ފައިސާ އިސްރާފުނުކޮށް، ކޮމިޝަނުގެ މެމްބަރުން ބަދަލުކުރުން ނޫނީ ކޮމިޝަން އުވާލަން ޖެހޭ ކަމަށެވެ.

ހެކިބަސް ނެގުމުގެ ކަންކަން ކުރިއަށް ގެންދިޔަ ގޮތް ބެލުމަށް ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އެންގި އެންގުމާއި ގުޅިގެން އެ މިނިސްޓްރީން ހިންގި ތަހުގީގަށް ފަހު އެކުލަވާލި ރިޕޯޓް ރައީސް އޮފީހަށް ފޮނުއްވުމުން އެ އޮފީހުން އެސެޓް ރިކަވަރީ ކޮމިޝަނަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ މަހުލޫފްގެ މައްސަލާގައި އެ ކޮމިޝަނުން އަމަލުކޮށްފައިވަނީ ގާނޫނުތަކާއި ހިލާފަށް ކަމަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ.

އަދި އާންމު އުސޫލުތަކުގެ ދަށުން ޖިނާއީ މައްސަލަތަކާއި ގުޅިގެން ބޭރު މީހެއްގެ ބަޔާން ނަގަން ޖެހިއްޖެ ހާލަތެއްގައި ބަޔާން ނެގުމުގެ ކަންކަން އިންތިޒާމު ކުރާނީ އެ މީހެއް ހުރި ގައުމެއްގެ ސަރުކާރެއްގައި ގާނޫނީ އެހީތެރިކަމަށް އެދި ހުށައަޅާ ހުށަހެޅުމެއް (މިއުޗުއަލް ލީގަލް އެސިސްޓެންސް ރިކުއެސްޓް) ފޮނުވައިގެން ކަމަށްވީ ނަމަވެސް އެ އުސޫލުން ކަންކޮށްފައިނުވާ ކަމަށް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: