ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެކްސިން ފުރިހަމަކުރި މީހުންގެ އަދަދު ތިން ލައްކައިން މައްޗަށް!

ކުޅުދުއްފުށީގައި އެސްޓްރާ ޒެނަކާ ވެކްސިން ޖެހުމުގެ ތެރެއިން— ފޮޓޯ: ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އިން ދިފާޢުވުމަށް އިތުރު 111 މީހަކު ވެކްސިން ޖަހައިފިއެވެ.

މިއާއިއެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން، ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 381،902 އަށް އަރައިފައެވެ. މީގެތެރޭގައި ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ ޢަދަދަކީ 301،189 އެވެ.

އަދި އަތޮޅުތަކުން ވެކްސިންގެ ފުރަތަމަ ޑޯޒް 157 މީހަކު ޖަހާފައިވާއިރު، ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދަކީ 111 އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި 3 ވައްތަރެއްގެ ވެކްސިނެއް ޖަހާއިރު، މީގެ ތެރޭގައި ހިމެނެނީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިނާއި ޗައިނާއިން ހަދިޔާ ކުރި ސިނޮފާމް ވެކްސިންގެ އިތުރުން ފައިޒާ ވެކްސިނެވެ.

އަދި ދަރުވަރުންނަށް ވެކްސިން ދިނުން ކުރިއަށްދާއިރު، މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް 30،000 ވުރެ ގިނަ ދަރިވަރުން ޖަހާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ދަރިވަރުންނަށް ވެކްސިން ދިނުމުގައި ސަރުކާރުގެ އަމާޒަކީ މި މަސް ނިމުމުގެ ކުރިން ހުރިހާ ކުދިންނަށްވެސް ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ނިންމުމަށް ކަމަށް ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: